ލ.އަތޮޅު ތަޢުލީމީ މަރުކަޒުގައި ފައިނޭންސް ފެއާއެއް ބާއްވައިފި

ގްލޯބަލް މަނީ ވީކްގެ ހަރަކާތްތަކުގެ ތެރެއިން ލ.ފޮނަދޫގައި ހުންނަ އެ އަތޮޅު ތަޢުލީމީ މަރުކަޒުގައި ފައިނޭންސް ފެއާއެއް އިއްޔެ ބާއްވައިފި އެވެ.

އިއްޔެ އެ ސްކޫލުގައި ފައިނޭންސް ފެއާގެ އިތުރުން  ކުޑަކުދިންގެ ހަވީރެއް ވެސް ވަނީ ބާއްވާފަ އެވެ. މި ހަރަކާތަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔައިރު، ލ.އަތޮޅު ތަޢުލީމީ މަރުކަޒުގައި ބޭއްވި ފައިނޭންސް ފެއާ އާއި ކުޑަކުދިންގެ ހަވީރުގައި 500 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވެ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

55519566 2616851298387429 8366151806442536960 n

އެމްއެމްއޭ އިން ބުނިގޮތުގައި މިފަދަ ފެއާ ބޭއްވުމުގެ ބޭނުމަކީ ސްކޫލު ކުދިންގެ މެދުގައި ގަނެވިއްކުމުގެ ހުނަރު ދަސްކޮށްދިނުމެވެ. މި ފެއާގައި ދަރިވަރުން ވަނީ އެކި ބާވަތްތައް އަމިއްލަ އަށް އުފެއްދުމަށް ފަހު އެތަކެތި ވިއްކައިފަ އެވެ.

ލ.އަތޮޅު ތަޢުލީމީ މަޒުކަޒުގެ އިތުރުން މި ފެއާ ބޭއްވީ ހުޅުމާލެ ރެހެންދި ސްކޫލާއި ހދ. ކުޅުދުއްފުއްޓާއި ގދ. ތިނަދޫ ސްކޫލްގަ އެވެ.

55736485 2616851531720739 2652256783338307584 n

ގދ. ތިނަދޫގައި ބޭއްވި ފައިނޭންސް ފެއާ އާއި ކުޑަކުދިންގެ ހަވީރުގައި 1000 ވުރެ ގިނަ މީހުން ބައިވެރިވެފައިވެ އެވެ. ހދ. ކުޅުދުއްފުއްޓާއި ގދ ގައްދޫގައި ބޭއްވި ހަރަކާތްތަކަށް ކޮންމެ ރަށަކުން 500 އަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވެ އެވެ. ހުޅުމާލޭ ރެހެންދި ސްކޫލްގައި ބޭއްވި ފެއާއަށް ވެސް ބޮޑު ތަރުހީބެއް ވަނީ ލިބިފައިވެ އެވެ. މި ހަރަކާތްތަށް މިހާރު ނިންމާލާފައިވާއިރު، މާލެ އާއި އަތޮޅު ތެރޭގައި ހިންގި މި ހަރަކާތްތައް ކުރިއަށް ގެންގޮސްފައި ވަނީ ރަށު ކައުންސިލްތަކާއި މާލީ އިދާރާތަކުގެ އެހީއާ އެކު އެވެ.

55576916 2470910729588100 3973473446112788480 n

ގްލޯބަލް މަނީ ވީކަކީ ޗިލްޑްރަން އެންޑް ޔޫތު ފައިނޭންސް އިންޓަނޭޝަނަލުން އިސްނަގައިގެން 2012 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދާ ބައިނަލްއަގުވާމީ ބޮޑު ކެމްޕޭނެކެވެ. މި އަހަރު ރާއްޖޭގައި ގްލޯބަލް މަނީ ވީކްގެ ހަރަކާތްތައް ބާއްވާނީ އެމްއެމްއޭގެ އިސްނެގުމާ އެކު އެޑިއުކޭޝަން މިނިސްޓްރީ އާއި މާލީ ދާއިރާތަކުގެ އެކި ފަރާތްތަކާއި ކުންފުނިތަކުގެ ބައިވެރިވުމާ އެކު އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.