މަޖިލީސް އިންތިހާބުގެ ވޯޓުލުން ކުރިއަށްދާނެ ގަޑިތައް އިލެކްޝަންސް ކޮމިޝަނުން އިއުލާނުކޮށްފި
އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީސް އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާނެ ގަޑިތައް އިލެކްޝަންސް ކޮމިޝަން އިން އިއުލާނުކޮށްފިއެވެ.
އިލެކްސަން ކޮމިޝަނުން މިކަން ހާމަކޮށްފައިވަނީ މިއަދު ޓްވީޓެއް މެދުވެރިކޮށެވެ. އެކޮމިޝަނުން ކުރި މި ޓްވީޓްގައި ހާމަކޮށްފައި ވަނީ ވޯޓުލުުން ކުރިއަށްދާނެ ގަޑިތަކަށް ބަލާއިރު، ރާއްޖޭގައި ވޯޓު ލުން ކުރިއަށްދާނީ އެ ދުވަހުގެ ހެނދުނު 8:00 އިން 16:00 ގެ ނިޔަަލަށެވެ.
އިންޑިއާ އަދި ސްރީ ލަންކާގައި ވޯޓުލުން ކުރިއަށްދާނީ 8:30 އިން 16:30 ގައެވެ. އަދި މެލޭޝިއާގައި 11:00 އިން 19:00 އަށް ވޯޓުލުން ކުރިއަށްގެންދާއިރު، އިނގިރޭސިވިލާތުގައި ކުރިއަށްދާނީ 9:30 އިން 17:30 އަށެވެ.
މަޖިލީހުގެ 87 ދާއިރާއަކަށް 386 ކެންޑިޑޭޓުން ވާދަކުރައްވަން ނިންމާފައިވާއިރު، ވޯޓު ލުމަށް ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޖުމްލަ 501 ފޮށި ބެހެއްޓުމަށް އީސީން ވަނީ ނިންމާފައެވެ.
މިހާރު އެބަ ރަނގަޅުވޭ.. ކޮންމެ ދުވަހަކުވެސް ކޮންމެވެސް ވަރެއްގެ އަޕްޑޭޓެއް ލިބުން މުހިންމު