އެޗްއާރްސީއެމް އިން އެމްބެސެޑަރކަމަށް 4 ބޭފުޅަކު ހަމަޖައްސައިފި

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން އެމްބެސެޑަރކަމަށް 4 ބޭފުޅަކު ހަމަޖައްސައިފިއެވެ.

ހިއުމަން ރައިޓްސް އެމްބެސެޑަރުންގެ ގޮތުގައި ހަމަޖައްސާފައިވަނީ އަންހެނުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ޢުމުރުން ދުވަސްވީ މީހުންގެ ހައްޤުތަކުގެ ދާއިރާ އާއި ކުޑަކުދިންގެ ޙައްޤުތަކުގެ ދާއިރާއިންނެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އެގޮތުން އަންހެނުންގެ ޙައްޤުތަކުގެ ދާއިރާއިން އެމްބެސެޑަރެއްގެ ގޮތުގައި އަނީސާ އަޙްމަދު ހަމަޖައްސާފައިވާ އިރު، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތަކުގެ ދާއިރާގެ އެމްބެސެޑަރެއްގެ ގޮތުގައި އަހްމަދު ހިޝާން އެވެ. އަދި ޢުމުރުން ދުވަސްވީ މީހުންގެ ދާއިރާގެ ޙައްޤުތަކުގެ އެމްބެސެދަރެއްގެ ގޮތުގައި ރަޒީނާ ތުއްތުދީދީ ހަމަޖައްސާފައިވާ އިރު، ކުޑަކުދިންގެ ދާއިރާގެ ޙައްޤުތަކުގެ އެމްބެސެޑަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ މުހައްމަދު ޝިހާބެވެ.

ފަރާތްތަކަކީ އިންސާނީ ޙައްޤުތައް ހިމާޔަތްކުރުމަށް އިޖުތިމާއީ ތަފާތު ރޮނގުތަކުން ގިނަ ގުނަ މަސައްކަތްތަކެއް ދިގު މުއްދަތަކަށް ކުރައްވާފައިވާ ފަރާތްތަކެއް ކަމަށް އެޗްއާރްސީއެމުން ވަނީ ބުނެފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.