އުރީދޫ މަސްރޭހުގެ 10ވަނަ ސީޒަން އިއުލާންކޮށްފި

ބޮޑު ތަރުޙީބަކާއެކު ކޮންމެ އަހަރެއްގެ ރަމަޟާންމަހު އުރީދޫއިން ކުރިޔަށްގެންދާ އުރީދޫ މަސްރޭހުގެ ދިހަ ވަނަ ސީޒަން މިއަދު ލޯންޗުކޮށްފިއެވެ.

ދިވެހިންގެ ރޯދަމަހުގެ ބަޔަކަށް ވެފައިވާ މި މުބާރާތް ފާއިތުވެދިޔަ އަހަރުތަކަށްވުރެވެސް ފޯރިގަދަކުރެވި، ދިހަ ވަނަ އަހަރުގެ މުނާސަބަތުގައި ވަރަށް ޚާއްސަ ހަރަކާތްތަކެއްވެސް ހިމެނިގެންދާނެއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

”ފާއިތުވެދިޔަ ދިހަ އަހަރުތެރޭގައި، އުރީދޫ މަސްރޭސް ވަނީ ދިވެހިންގެ ހިތްތަކުގައި ޚާއްސަ ޖާގައެއް ހޯދާފައި. މި މުބާރާތް މެދުވެރިކޮށް ރާއްޖޭގައި ނެތެމުންދިޔަ ސަގާފަތެއް ދިރުވުމުގައި ބައިވެރިވެ، ޒުވާން ކުދިންގެ މެދުގައި މަސްވެރިކަމަށް ޝައުގުވެރިކަން އުފެއްދިގެން ދިއުމަކީ، އަޅުގަނޑުމެންނަށް ލިބިގެންދިޔަ ޙާއްސަ އުފަލެއް. އަދި މަސްރޭހާއި މެދު އަޅުގަނޑުމެން ފަޙުރުވެރިވާ އެންމެ ބޮޑު އެއް ސަބަބު. އަޅުގަނޑުމެންގެ އުއްމީދަކީ، އަދި މަސައްކަތް ކުރަމުންދާނީ އުރީދޫ މަސްރޭހުގެ 10 ވަނަ ސީޒަން އަކީ ބައިވެރިންނާއި ބެލުންތެރިންނަށްވެސް ހަނދާނުންފޮހެނުލެވޭ ފަދަ ޝޯއަކަށް ވެގެންދިއުން.“ އުރީދޫގެ ޑައިރެކްޓަރ އޮފް ސޭލްސް އެންޑް ބްރޭންޑް، ހުސެން ނިޔާޒް ވިދާޅުވިއެވެ.
އުރީދޫ މަސްރޭހުގެ 10ވަނަ ސީޒަން ފާހަގަކުރުމުގެ ގޮތުން އަދި މަސްވެރިކަމުގެ ދާއިރާގައި އަންހެން ކަނބަލުންގެ ބައިވެރިވުމަށް އިތުރު ހިތްވަރެއް ދިނުމުގެ ގޮތުން، އަންހެން ޓީމްތަކަށް ޚާއްސަ ބުރެއްވެސް މިފަހަރު ބޭއްވިގެންދާނެއެވެ. އެހެން ބުރުތަކާއި އެއްގޮތަށް، މިބުރު ކާމިޔާބު ކުރާ ޓީމަކަށްވެސް ގްރޭންޑް ފިނާލޭގައި ވާދަކުރާ ހަތަރު ޓީމްގެ ތެރެއިން ޖާގައެއް ކަށަވަރުވެގެންދާނެއެވެ.
މަސްރޭހުގައި ބައިވެރިވުމަށް، 11 އޭޕްރީލް 2019 ވާ ދުވަހު ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާނެއެވެ. ހަތަރު އަންހެން ޓީމް ހިމެނޭގޮތަށް، ޖުމްލަ 16 ޓީމެއް މި މުބާރާތުގައި ވާދަކުރާނެއެވެ. ކަނޑައެޅިފައިވާ ޖާގައިގެ އިތުރަށް ޓީމްތަކުން ކުރިމަތިލައިފި ނަމަ، ބައިވެރިވުމުގެ ފުރުސަތު ދެވޭނީ ގުރުއަތުލުމަށް ފަހުއެވެ.
ވޭތުވެދިޔަ އަހަރުތަކާއި އެއްގޮތަށް، މިއަހަރުގެ މަސްރޭސް ކާމިޔާބުކުރާ ޓީމްތަކަށްވެސް، އުރީދޫ އާއި މަސްރޭހުގެ ޕާޓްނަރުންގެ ފަރާތުން އަގުހުރި އިނާމްތަކެއްވަނީ ހުށަހަޅާފައެވެ. މިފަހަރު ހޮވޭ ވަނަތަކުގެ ތެރޭގައި ހިމެނެނީ:
މުޅި މުބާރާތުން ހޮވާ ވަނަތަކާއި ލިބޭ އިނާމުތަކަކީ:
އެއްވަނަ ހޯދާ ޓީމަށް 50000 (ފަންސާސް ހާސް ) ރުފިޔާ
އެންމެ ގިނަ މަސް ބޭނި ”މުބާރާތުގެ މަސްވެރިޔާ“އަށް 5000 (ފަސް ހާސް ) ރުފިޔާ އާއި ރަންކޯރި
އެންމެ ބަރުމަސް ބޭނި ފަރާތަށް 5000 (ފަސް ހާސް) ރުފިޔާ
އެއްވަނަ އަންހެން ކެޔޮޅަށް 5000 (ފަސް ހާސް) ރުފިޔާ
އުރީދޫ މަސްރޭސް، ރަމަޟާން މަހުގެ ފަހުދިހައިގެ ދުވަސްތައް ފިޔަވައި، ކޮންމެ ހޮނިހިރު ދުވަހެއްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ގްރޭންޑް ފިނާލޭ ފިތުރު އީދު ދުވަހަށް ފަހު ބޭއްވިގެންދާއިރު، އެ ދުވަހުގެ މަސް ބޭނުމުގެ ހަރަކާތްތަކަށް ފަހު އޮންނަ ބާބަކިއު އާއި ބޮޑުބެރުގެ އިތުރުން ވަނަތައް ކާމިޔާބު ކުރި ފަރާތްތަކަށް އިނާމްތައް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވުމަށް އުރީދޫއިން ދައުވަތު އަރުވައެވެ.
މިފަހަރުގެ އުރީދޫ މަސްރޭސް އެޕިސޯޑްތައް ކޮންމެ ހުކުރު ދުވަހެއްގެ ރޭ، 10:30 ގައި ރާއްޖެ ޓީވީއިން ދައްކާނެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.