ރަމަޟާން މަހު ބީއެމްއެލް އިން ހިދުމަތްދޭ ގަޑިތައް އިއުލާނުކޮށްފި
1440 ވަނަ އަހަރުގެ ރަމަޟާން މަހުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިދުމަތްތަށް ދޭ ގަޑިތައް އިއުލާންކޮށްފިއެވެ.
ބީއެމްއެލް އިން ބުނީ ރޯދަ މަހު ބޭންކުގެ ހިދުމަތް ލިބޭނީ ހެނދުނު 9 އިން މެންދުރު 12 އާ ހަމައަށް ކަމަށެވެ. އަދި 24 ގަޑިއިރު ސެލްފް ސާވިސް ބޭންކިންގް ހިދުމަތް ލިބޭނެ ކަމަށް ބީއެމްއެލުން ބުނެއެވެ.
ނަމަވެސް ރޯދަ މަހުގެ ފުރަތަމަ ދުވަހު ބޭންކުގެ ހުރިހާ ބްރާންޗެއް ވެސް ބަންދުވާނެ ކަމަށް ބީއެމްއެލުން ހާމަކުރެއެވެ.