މާމިގިލި އެއަރޕޯޓުގައި އެކްސިޑެންޓެއް ހިނގާ 4 މީހަކަށް އަނިޔާވެއްޖެ

އދ. މާމިގިލި އެއަރޕޯޓުގައި އެކްސިޑެންޓެއް ހިނގާ 4 މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ މި ހާދިޘާގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހަވީރު 16:15 އެހާކަންހާއިރު ކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ހާދިޘާގައި އެކަކުގެ ބޯ ފަޅައިގެންގޮސްފައިވާ އިރު، އިތުރު 3 މީހެްގެ ފައި ބިންދައިގެން ގޮސްފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން އިތުރަށް ބުނީ އެ ހާދިޘާ ހިނގަން ދިމާވީ އެއަރޕޯޓުގެ ފަޔަރ ލޮރީ ކޮންޓްރޯލް ނުވެގެން ގޮސް ކަމަށެވެ.

އެޓޯލްނިއުސްއަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓުގައި އަނިޔާ ލިބުނު މީހުންނަށް މާމިގިލީ ސިއްހީ މަރުކަޒުގައި ވަނީ ފަރުވާދީފައެވެ. ނަަމަވެސް އެމީހުންގެ ހާލު ސީރިއަސްކަމުން މާލެ ފޮނުވުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިއަހަރު މިހާތަނަށް އެކްސިޑެންޓުގެ 860 މައްސަލައެއް ވަނީ އެ އިދާރާއަށް ހުށަހަޅަފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.