ސޫރަތުއްނާޒިޢާތި ތަފްސީރު 4ޑރ. މުޙައްމަދު ޢިޔާޟް ޢަބްދުއްލަޠީފް. 17 އޮކްޓޯބަރު 2016އާ ގުޅޭ..
(أَأَنتُمْ أَشَدُّ خَلْقًا أَمِ السَّمَاءُ ۚ بَنَاهَا ﴿٢٧﴾ ) މިތަނުގައި ސުވާލު ކުރައްވާފައިވާ ބޭނުމަކީ މީސްތަކުން މަރުވުމަށްފަހު ދިރުއްވޭނެކަން އަންގަވައި ދެއްވުމެވެ. އެހެނީ މަރުވުމަށް ފަހު އަލުން ދިރުއްވޭނެކަން މުޝްރިކުންގެ ގާތުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ބަޔާން ކުރެއްވުމާއި ގުޅިގެން އެބައިމީހުން އެވާހަކަތައް ދޮގުކުރިއެވެ. އެބައިމީހުންގެ ވާހަކަތައް ބަޔާން ކުރައްވާ ސޫރަތު ޔާސީންގެ 78 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (مَن يُحْيِي الْعِظَامَ وَهِيَ رَمِيمٌ ﴿٧٨﴾ ) މާނައަކީ: “ ކަށިތައް ފީވެ، ހަލާކުވެފައިވަނިކޮށް، އެތަކެތި ދިރުއްވާނީ ކާކުހެއްޔެވެ؟“ ދެން އެބައިމީހުންގެ ވާހަކަތަކަށް ރައްދުދެއްވާ ﷲ ވަޙީ ކުރެއްވިއެވެ. (أَأَنتُمْ أَشَدُّ خَلْقًا أَمِ السَّمَاءُ ۚ بَنَاهَا ) މާނައަކީ: “ ހެއްދެވުމުގައި އުނދަގޫކަންބޮޑީ، ތިޔަބައިމީހުން ހެއްޔެވެ؟ ނުވަތަ އުޑު ހެއްޔެވެ؟ އެ އުޑު ބިނާކުރެއްވީ އެކަލާނގެއެވެ.“ ސޫރަތު ޣާފިރުގެ 57 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (لَخَلْقُ السَّمَاوَاتِ وَالْأَرْضِ أَكْبَرُ مِنْ خَلْقِ النَّاسِ وَلَـٰكِنَّ أَكْثَرَ النَّاسِ لَا يَعْلَمُونَ ﴿٥٧﴾ ) މާނައަކީ: “ ހަމަކަށަވަރުން، އުޑުތަކާއި، ބިން ހެއްދެވުމަކީ، މީސްތަކުން ހެއްދެވުމަށްވުރެ މާބޮޑު ކަމެކެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުންނަކަށް (އެކަމެއް) ނޭނގެތެވެ.“
( ۚ بَنَاهَا ) އުފެއްދެވުން. ސޫރަތުއް ޛާރިޔާތުގެ 47 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (وَالسَّمَاءَ بَنَيْنَاهَا بِأَيْدٍ وَإِنَّا لَمُوسِعُونَ ﴿٤٧﴾ ) މާނައަކީ: ”ތިމަންރަސްކަލާނގެ ކުޅަދުންވަންތަކަމުން އުޑު ގަދަފަދަ ކޮށް ހެއްދެވީމެވެ. އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެއީ، ތަނަވަސްކުރެއްވުމަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ.“
މި އާޔަތުގައި (أَيْدٍ ) އަކީ (يد ) ގެ ޖަމްޢު އެއް ނޫނެވެ. އެހެންނަމަވެސް އެއީ (آد يئيد ) ގެ މަޞްދަރެވެ. މާނައަކީ: ވަރުގަދަ އެވެ.
(رَفَعَ سَمْكَهَا فَسَوَّاهَا ﴿٢٨﴾ ) މާތް ﷲ ތަނބަކާ ނުލާ އުޑު އުފުއްލެވިއެވެ. ސޫރަތުއް ރަޢްދުގެ 2 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (اللَّـهُ الَّذِي رَفَعَ السَّمَاوَاتِ بِغَيْرِ عَمَدٍ تَرَوْنَهَا ) މާނައަކީ: “ اللَّه އީ، ތިޔަބައިމީހުންނަށް ފެންނަ ތަނބުތަކަކާ ނުލައި، އުޑުތައް އުފުއްލެވި ރަސްކަލާނގެއެވެ.
(يَا أَيُّهَا الْإِنسَانُ مَا غَرَّكَ بِرَبِّكَ الْكَرِيمِ ﴿٦﴾ الَّذِي خَلَقَكَ فَسَوَّاكَ فَعَدَلَكَ ﴿٧﴾) މާނައަކީ: “ އޭ އިންސާނާއެވެ! ތިބާގެ ވެރި، ދީލަތިވަންތަ ރަސްކަލާނގެއާމެދު ތިބާ ހެއްލުންތެރިކުޅައީ ކޮންއެއްޗެއް ހެއްޔެވެ؟ އެކަލާނގެއީ، ތިބާ ހައްދަވައި، އަދި ތިބާގެ ގުނަންތައް ފުރިހަމަކުރައްވައި، އިސްކޮޅާ ރޫފަ ގުޅޭގޮތަށް ތިބާ ލެއްވި ރަސްކަލާނގެއެވެ.“
(وَأَغْطَشَ لَيْلَهَا وَأَخْرَجَ ضُحَاهَا ﴿٢٩﴾ )
( وَأَغْطَشَ لَيْلَهَا ) ރޭގަނޑު އަނދިރި ތަނެއްގެ ގޮތުގައި ލެއްވީމެވެ. ސޫރަތުލް އިސްރާގެ 12 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (وَجَعَلْنَا اللَّيْلَ وَالنَّهَارَ آيَتَيْنِ ۖ فَمَحَوْنَا آيَةَ اللَّيْلِ وَجَعَلْنَا آيَةَ النَّهَارِ مُبْصِرَةً لِّتَبْتَغُوا فَضْلًا مِّن رَّبِّكُمْ وَلِتَعْلَمُوا عَدَدَ السِّنِينَ وَالْحِسَابَ ۚ وَكُلَّ شَيْءٍ فَصَّلْنَاهُ تَفْصِيلًا ﴿١٢﴾ ) މާނައަކީ: “ ރޭގަނޑާއި، ދުވާލަކީ، ދެ ހެކިކަމުގައި، ތިމަންރަސްކަލާނގެ ލެއްވީމެވެ. ފަހެ، ރޭގަނޑުގެ ހެކިން نور ފުހެލެއްވީމެވެ. އަދި ދުވާލުގެ ހެކި އެއީ (ތަންތަން) ދައްކައިދޭ އެއްޗެއްކަމުގައި ލެއްވީމެވެ. (އެއީ) ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން، ތިޔަބައިމީހުން، فضل ވަންތަކަން އެދި އުޅުމަށްޓަކައެވެ. އަދި އަހަރުތަކުގެ عدد އާއި، حساب، ތިޔަބައިމީހުން ދެނެގަތުމަށްޓަކައެވެ. އަދި ކޮންމެ ކަމެއްމެ تفصيل ކޮށް ތިމަންރަސްކަލާނގެ ބަޔާންކޮށްދެއްވީމެވެ.“
(وَأَخْرَجَ ضُحَاهَا ) އަދި ދުވާލު ވަގުތުގައި އިރުލައްވައި އޭގެ ސަބަބުން އަލި ލިބޭނެ ގޮތް މެދުވެރިކޮށް ދެއްވީމެވެ.
) وَالْأَرْضَ بَعْدَ ذَٰلِكَ دَحَاهَا ﴿٣٠﴾) އުޑު ހެއްދެވުމަށް ފަހުގައި ބިންގަނޑު ފަތުރުއްވާ އިންސާނުން އުޅެން ކަމުދާފަދަ ތަނެއްގެ ގޮތުގައި އެތަން ލެއްވިއެވެ.
ބިން އުފައްދަވާފައިވަނީ އުޑަށް ވުރެ ކުރިންނެވެ. ސޫރަތު ފުއްޞިލަތްގެ 9 އިން 12 އަށް މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (قُلْ أَئِنَّكُمْ لَتَكْفُرُونَ بِالَّذِي خَلَقَ الْأَرْضَ فِي يَوْمَيْنِ وَتَجْعَلُونَ لَهُ أَندَادًا ۚ ذَٰلِكَ رَبُّ الْعَالَمِينَ ﴿٩﴾ وَجَعَلَ فِيهَا رَوَاسِيَ مِن فَوْقِهَا وَبَارَكَ فِيهَا وَقَدَّرَ فِيهَا أَقْوَاتَهَا فِي أَرْبَعَةِ أَيَّامٍ سَوَاءً لِّلسَّائِلِينَ ﴿١٠﴾ ثُمَّ اسْتَوَىٰ إِلَى السَّمَاءِ وَهِيَ دُخَانٌ فَقَالَ لَهَا وَلِلْأَرْضِ ائْتِيَا طَوْعًا أَوْ كَرْهًا قَالَتَا أَتَيْنَا طَائِعِينَ ﴿١١﴾ فَقَضَاهُنَّ سَبْعَ سَمَاوَاتٍ فِي يَوْمَيْنِ وَأَوْحَىٰ فِي كُلِّ سَمَاءٍ أَمْرَهَا ۚ وَزَيَّنَّا السَّمَاءَ الدُّنْيَا بِمَصَابِيحَ وَحِفْظًا ۚ ذَٰلِكَ تَقْدِيرُ الْعَزِيزِ الْعَلِيمِ ١٢﴾ ) މާނައަކީ: ”ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، ދެދުވަހުގެ ތެރޭގައި، ބިން ހެއްދެވި ރަސްކަލާނގެއަށް ތިޔަބައިމީހުން كافر ވެ، އަދި އެކަލާނގެއަށް ތިޔަބައިމީހުން شريك ންތަކެއް ލަނީހެއްޔެވެ؟ އެކަލާނގެއީ، عالم ތަކުގެ ވެރިރަސްކަލާނގެއެވެ. އަދި އެކަލާނގެ، ފުރިހަމަ ހަތަރު ދުވަހުގެ ތެރޭގައި، އެ ބިމުގެ މަތީގައި އުފުލިފައިވާ، ހަރުލައިހުންނަ ފަރުބަދަތައް ލައްވައި، އަދި އެ ބިމުގައި ބަރަކާތްލައްވައި، އަދި އެ ބިމުގައި ވާހާތަކެތީގެ رزق މިންވަރުކުރެއްވިއެވެ. (އެއީ) سؤال ކުރާ މީހުންނަށްޓަކައެވެ. ދެން ދުމެއްގެ ސިފައިގައި އުޑުވަނިކޮށް، އުޑުހައްދަވައި، ފުރިހަމަކުރެއްވުމަށް އެކަލާނގެ އިރާދަކުރެއްވިއެވެ. ފަހެ، އެކަލާނގެ އެ އުޑަށާއި، ބިމަށް وحى ކުރެއްވިއެވެ. ރުހުމުގައި، ނުވަތަ ނުރުހުމުގައިވިޔަސް (ފުރާފުރިހަމަވެގެން) އަންނާށެވެ! އެ އުޑާއި ބިން ދެންނެވިއެވެ. ތިމަންމެން ރުހުމުގައި އަތުވެއްޖައީމުއެވެ. ފަހެ، ދެދުވަހުގެ ތެރޭގައި އެކަލާނގެ ހަތް އުޑު ހެއްދެވިއެވެ. އަދި ކޮންމެ އުޑަކަށް، އެ އުޑެއްގެ ކަންތައް (تدبير ކުރައްވައި) އެންގެވިއެވެ. އަދި ބައްތިތަކަކުން ތިމަންރަސްކަލާނގެ އެންމެ ކައިރި އުޑު ޒީނަތްތެރިކުރައްވައި، އަދި އެ އުޑު ރައްކާތެރި ކުރެއްވީމެވެ. އެއީ عزيز ވަންތަ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެ މިންވަރު ކުރައްވާފައިވާ ގޮތެވެ.“
އުޑު އުފައްދަވާފައިވަނީ ބިމަށް ވުރެ ފަހުން ކަމުގައިވީނަމަވެސް، އުޑު ފަތުރުއްވާ އެތަނުން ފެނާއި ފަތްޕިލާވެލި ނެރުއްވާފައިވަނީ އުޑުއުފެއްދެވި ފަހުންނެވެ.
(وَالْجِبَالَ أَرْسَاهَا ﴿٣٢﴾ ) ފަރުބަދަ ތަކަކީ ބިންމަތީގައި ވަރުގަދަ އަށް ހަރުލާފައި ހުންނަ އެއްޗެއްގެ ގޮތުގައި ލެއްވިއެވެ. ވައިރޯޅި އެއް އައުމަކުން ފަރުބަދަ އަށް ގުޑުމެއް ނާރާނެ ގޮތުގައި ލެއްވިއެވެ. އަދި ބިންގަނޑު ހިފަހައްޓަން ޖަހާފައި ހުންނަ އަބުތަކެއްގެ ގޮތުގައި ފަރުބަދަ ލެއްވިއެވެ. ސޫރަތުއް ނަޙްލުގެ 15 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރެއްވިއެވެ. (وَأَلْقَىٰ فِي الْأَرْضِ رَوَاسِيَ أَن تَمِيدَ بِكُمْ وَأَنْهَارًا وَسُبُلًا لَّعَلَّكُمْ تَهْتَدُونَ ﴿١٥﴾ ) މާނައަކީ: ”އަދި ތިޔަބައިމީހުންނާއިގެން އެ ބިން، ތެޅިފޮޅިގެންފާނެ ކަމަށްޓަކައި، ހަރުލައި ހުންނަ ފަރުބަދަތައް، ބިމުގައި އެކަލާނގެ ލެއްވިއެވެ. އަދި ކޯރުތަކާއި މަގުތައް ލެއްވިއެވެ. (އެއީ) ތިޔަބައިމީހުންނަށް މަގު އެނގުމަށްޓަކައެވެ.“
(مَتَاعًا لَّكُمْ وَلِأَنْعَامِكُمْ ﴿٣٣﴾ ) މިހުރިހާ ކަމެއް ﷲ ލައްވާފައިވަނީ ތިޔަބައިމީހުންނަށް ޓަކައެވެ. އެހުރިހާ ކަމަކުން ތިޔަބައިމީހުންނާއި ތިޔަބައިމީހުން ގެންގުޅޭ ނަޢަމްޞޫފިތައް ފައިދާ ލިބިގަތުމަށް ޓަކައެވެ.
މާތް ﷲ ގެ މަތިވެރި ނިޢްމަތްތަކުގެ މަތިން މީސްތަކުންނަށް ހަނދާންކޮށް ދެއްވުމަށް ފަހުގައި ދެން މި ބަޔާން ކުރައްވަނީ ގިޔާމަތުގެ ބިރުވެރިކަމުގެ ވާހަކަ އެވެ.
(فَإِذَا جَاءَتِ الطَّامَّةُ الْكُبْرَىٰ ﴿٣٤﴾ ) މި ތަނުގައި މި އިޝާރާތް ކުރައްވަނީ ގިޔާމަތް ދުވަހުގެ ވާހަކަތަކަށެވެ. މި ދުވަހަށް (الطَّامَّةُ ) ގެ ނަމުން ނަންދެވިފައިވާ ސަބަބަކީ އެދުވަހުގެ މުޞީބާތް ބޮޑުކަމުންނެވެ.
(الْكُبْرَىٰ ) އެހެން ހުރިހާ މުޞީބާތްތަކާއި އުނދަގޫތަކަށް ވުރެ ގިޔާމަތްދުވަހުގެ މުޞީބާތް ބޮޑުވެގެން ވެއެވެ.
(يَوْمَ يَتَذَكَّرُ الْإِنسَانُ مَا سَعَىٰ ﴿٣٥﴾ ) އިންސާނާ ދުނިޔެމަތީގައި ކޮށްފައިވާ ހެޔޮކަންތަކާއި ނުބައިކަންތަކުގެ މަތިން ގިޔާމަތް ދުވަހުގައި ހަނދާންވާނެއެވެ. އޭނާގެ ޢަމަލުތައް ފޮތެއްގައި ލިޔެވިފައިވާ ތަން އޭޏާ އަށް ފެންނާނެއެވެ. ސޫރަތުލް އިސްރާގެ 13 އަދި 14 ވަނަ އާޔަތުގައި މާތް ﷲ ވަޙި ކުރައްވާފައިވެއެވެ. (وَنُخْرِجُ لَهُ يَوْمَ الْقِيَامَةِ كِتَابًا يَلْقَاهُ مَنشُورًا ﴿١٣﴾ اقْرَأْ كِتَابَكَ كَفَىٰ بِنَفْسِكَ الْيَوْمَ عَلَيْكَ حَسِيبًا ﴿١٤﴾ ) މާނައަކީ: “ އަދި قيامة ދުވަހުން، ތިމަންރަސްކަލާނގެ އެމީހަކަށް ފޮތެއް ނެރުއްވާހުށީމެވެ. އެ ފޮތް ނިއުޅައިލެވިގެންވާ حال ގައި، އޭނާ ދެކޭނެތެވެ. (އަދި އަންގަވާނެތެވެ.) ތިބާގެ ފޮތް ތިބާ ކިޔާށެވެ! މިއަދު ތިބާގެ މައްޗަށް حساب ކުރާ މީހަކަށް، ތިބާގެ އަމިއްލަنفس ފުދެއެވެ.“
އިންސާނާ އޭނާގެ ޢަމަލުތަކުގެ ފޮތް ކިޔެވުމުން، އޭނާ އަށް ކުރެވިފައިވާ ކަންތައްތަކުގެ މަތިން ހަނދާންވާނެއެވެ.
(وَبُرِّزَتِ الْجَحِيمُ لِمَن يَرَىٰ ﴿٣٦﴾ ) އެދުވަހުން ބަލާ މީހުންނަށް ނަރަކަ ދައްކާލެވޭނެއެވެ. ނަރަކާގައި މީސްތަކުންނަށް ޢަޛާބު ދެވެމުން ދާ މަންޡަރު އެބައިމީހުންނަށް ފެންނާނެއެވެ. އެދުވަހުން ނަރަކަ ދަމާ ގެނެވޭނެއެވެ. ނަރަކަ ދެމުމަށް ޓަކައި ހަތްދިހަ ވާގަނޑު ހުންނާނެއެވެ. ކޮންމެ ވާގަނޑެއްގައި ހަތްދިހަހާސް މަލާއިކަތް ބޭކަލުން ތިއްބަވާނެއެވެ. އެދުވަހުން އަނިޔާވެރިންގެ ޙާލަތު ބަޔާން ކުރައްވާ ސޫރަތުލް ފުރްގާންގެ 13 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَإِذَا أُلْقُوا مِنْهَا مَكَانًا ضَيِّقًا مُّقَرَّنِينَ دَعَوْا هُنَالِكَ ثُبُورًا ﴿١٣﴾ لَّا تَدْعُوا الْيَوْمَ ثُبُورًا وَاحِدًا وَادْعُوا ثُبُورًا كَثِيرًا ﴿١٤﴾ ) މާނައަކީ: “ އަދި އެއުރެންގެ އަތްތަކުގައި، ކަސްތޮޅު އަޅުއްވާފައިވާ حال، އެ ނަރަކައިގެ ތެރެއިން ދަތިތަނަކަށް އެއުރެން އެއްލަވާހިނދު، އެއުރެން އެތާނގައި ހަލާކުވުމަށްއެދި ގޮވާނެތެވެ. މިއަދު ތިޔަބައިމީހުން އެންމެ ހަލާކަކަށްއެދި ނުގޮވާށެވެ! އަދި އެތައް ހަލާކުތަކަކަށްއެދި ތިޔަބައިމީހުން ގޮވާށެވެ!“
(فَأَمَّا مَن طَغَىٰ ﴿٣٧﴾ وَآثَرَ الْحَيَاةَ الدُّنْيَا ﴿٣٨﴾) މިއީ ނަރަކަވަންތަ ވެރިންގެ ދެޞިފައެވެ. އަނިޔާވެރި ކަމުގައި ހައްދުފަހަނަ އަޅާ ދިޔުމާއި، އާޚިރަތަށް ވުރެ ދުނިޔެ އިސްކުރުމެވެ. ”ޠުޣްޔާން“ އަކީ ޙައްދު ފަހަނަ އަޅާ ދިޔުމެވެ. ﷲ އިންސާނާ ހައްދަވާފައިވަނީ އެކަލާންގެ އަށް އަޅުކަން ކުރުމަށެވެ. ސޫރަތުއް ޛާރިޔާތުގެ 56 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَمَا خَلَقْتُ الْجِنَّ وَالْإِنسَ إِلَّا لِيَعْبُدُونِ ﴿٥٦﴾ ) މާނައަކީ: “ ތިމަންރަސްކަލާނގެއަށް އަޅުކަންކުރުމަށް މެނުވީ، ތިމަންރަސްކަލާނގެ ޖިންނީންނާއި، އިންސީން ނަހައްދަވަމެވެ. “ މިއީ ﷲ އިންސާނުންނަށް ކަނޑައަޅުއްވާފައިވާ ޙައްދެވެ. މި ޙައްދު ފަހަނަ އަޅާ ގޮސް އެކަލާންގެ އަޅުކަން ނުކޮށްފިމީހާ ވާނީ ”ޠާޣީ“ އަކަށެވެ. އެހެނީ ﷲ ކަނޑައަޅުއްވާފައިވާ ޙައްދުން އޭނާ ބޭރުވެފައިވާތީވެއެވެ.
(وَآثَرَ الْحَيَاةَ الدُّنْيَا ﴿٣٨﴾) ﷲ އަށް ކިޔަމަންގަތުމަށް ވުރެ ދުނިޔޭގެ ކަންކަން އިސްކުރި މީހާ، މިޘާލަކަށް: ފަތިސް ނަމާދަށް ބަންގި ގޮވުމުން ނަމާދުނުކޮށް ނިދާފައި އޮންނަ މީހާ އެވެ. އެފަދަ މީހަކު އެވަނީ އާޚިރަތުގެ ހެވާއި ލާބައަށްވުރެ ދުނިޔޭގެ އެދުންވެރިކަން އިސްކޮށްފައެވެ.
(فَإِنَّ الْجَحِيمَ هِيَ الْمَأْوَىٰ ﴿٣٩﴾) އެފަދަ މީހުންގެ އެނބުރިދިޔުން ވާހުށީ ނަރަކައިގައެވެ.
ނުނިމޭ……..