ޚުތްބަތު އަލްޙާއްޖަތުގެ ލުއި ޝަރަޙައެއް. (2)
إِنَّ الْحَمْد للهِ، نَحْمَدُهُ وَنَسْتَعِينُهُ وَنَسْتَغْفِرُهُ، وَنَعُوذُ بِاللهِ مِنْ شُرُورِ أَنْفُسِنَا وَمِنْ سَيِّئَاتِ أَعْمَالِنَا، مَنْ يَهْدِهِ اللهُ فَلا مُضِلَّ لَهُ، وَمْنْ يَضْلُلُ فَلَا هَادِيَ لَهُ، وَأَشْهَدُ أَنْ لا إِلَهَ إِلَّا اللهُ وَحْدُهُ لا شَرِيكَ لَهُ، وَأَشْهَدُ أَنَّ مُحَمَّدَاً عَبْدُهُ وَرَسُولُهُ، ﴿يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ حَقَّ تُقَاتِهِ وَلا تَمُوتُنَّ إِلَّا وَأَنْتُمْ مُسْلِمُونَ﴾، ﴿يَا أَيُّهَا النَّاسُ اتَّقُوا رَبَّكُمُ الَّذِي خَلَقَكُمْ مِنْ نَفْسٍ وَاحِدَةٍ وَخَلَقَ مِنْهَا زَوْجَهَا وَبَثَّ مِنْهُمَا رِجَالاً كَثِيراً وَنِسَاءً وَاتَّقُوا اللَّهَ الَّذِي تَسَاءَلُونَ بِهِ وَالْأَرْحَامَ إِنَّ اللَّهَ كَانَ عَلَيْكُمْ رَقِيباً﴾، ﴿يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَقُولُوا قَوْلاً سَدِيداً * يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ وَمَنْ يُطِعِ اللَّهَ وَرَسُولَهُ فَقَدْ فَازَ فَوْزاً عَظِيماً﴾.أَمَّا بَعْدُ: فَإِنَّ خَيْرَ الْكَلَامِ كَلَامُ اللهُ تَعَالَى، وَخَيْرَ الْهَدْيِ هَدْيُ مُحَمَّدٍ صَلَّى اللهُ عَلَيْهِ وَسَلَّمَ، وَشَرَّ الْأُمُورِ مُحْدَثَاتُهَا، وَكُلَّ مُحْدَثَةٍ بِدْعَة،ٌ وَكُلَّ بِدْعَةٍ ضَلَالَةٌ، وَكُلَّ ضَلَالَةٍ فِي النَّارِ.
إِنَّ الْحَمْد للهِ،
ހުރިހާ ޙަމްދެއް ލިބިވޮޑިގެންވަނީ ﷲ سيحانه وتعالى އަށެވެ.
މި ޢިބާރާތުން ދޭހަވަނީ ޙަމްދުގެ ހުރިހާ ބާވަތެއް، އެބާވަތްތަކުގެ ހުރިހާ ވައްތަރެއް، އޭގެ އެންމެ ފުރިހަމަ މާނައިގައި ލިބިވޮޑިގެންވަނީ ހަމައެކަނި ﷲ سيحانه وتعالى އަށް މަކެވެ. އަދި މި ޙަމްދަކީ އެއިލާހަށް ލޯތްބާއި އިޙްތިރާމާއި ޤަދަރު މަތިވެރިކުރުމުގެ ގޮތުން ކުރެވޭ ޙަމްދެއްކަމުގައި ވާންވާނެއެވެ. އެހެނީ ލޯތްބާއި އިޙްތިރާމާއި ޤަދަރެއްނެތި ކިޔޭ ތަޢުރީފަކީ މަދަޙަ އެވެ. އެއީ ޙަމްދެއް ނޫނެވެ. މަދަޙައަކީ ޝާޢިރުންނާއި، ރަސްރަސްކަލުން ކައިރީ މަސައްކަތް ކުރާ ހަނގުބޭކަލުންފަދަ މީސްމީހުން އެމީހުންގެ ވެރިޔާ ރުއްސަން ކިޔާ އުޅޭ އެއްޗެކެވެ. ﷲ وتعالى އަށްވެސް މަދަޙަ ކިޔޭނެއެވެ. އެހެނަސް ﷲ سيحانه وتعالى ފިޔަވާ އެހެންފަރާތަކަށް حمدއެއް ނުކުރެވޭނެއެވެ.
نَحْمَدُهُ
އަޅަމެން އެއިލާހަށް ޙަމްދު ކުރަމެވެ.
نـَحْمدُهُ މިއީ ”جمل فعلية“ އެކެވެ. އަދި إِنَّ الْحَمْد للهِ، މިއީ ”جمل إسمية“ އެކެވެ. ޖުމްލަ އިސްމިއްޔާ އަކާއި ވިދިގެން ޖުމްލަ ފިޢްލިއްޔާ އެއް އައުމުން ކުރާ ޢަމަލުގެ ޔަޤީންކަން ބޮޑުވެ، ކަށަވަރުކަން އިތުރު ވެގެންވާކަން ބަޔާންވެއެވެ.
އެހެންކަމުން ހުރިހާފުރިހަމަ ޙަމްދެއް ލިބިވޮޑިގެން ވަނީ الله تعالىއަށް ކަމަށް ބުނުމާއެކު، އަމިއްލަ އިއުތިރާފު މިގެންނަނީ ޢަމަލުންކަންވެސް ބަޔާންވެގެން އާދެއެވެ. ޙަމްދުހުރީ الله سبحانه وتعالى އަށޭ ބުނުމަކުން ފުއްދާލަނީކީ ނޫނެވެ. އަދި ކިޔެއް އަޅަމެން އެޙަމްދު ޢަމަލީ ގޮތުންވެސް އެއިލާހަށް ކުރަނީއެވެ.
(ނުނިމޭ)