5 މެއި އިން 15 މެއި އަށް ބީއެމްއެލް އިން ޚިދުމަތްދޭ ގަޑިތައް ހާމަކޮށްފި

5 މެއި އިން 15 މެއި އަށް ބީއެމްއެލް އިން ޚިދުމަތްދޭ ގަޑިތައް ހާމަކޮށްފި އެވެ.

ބީއެމްއެލް އިން ބުނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅުއްވާފައިވާ އުސޫލޫތަކާއި އެމް.އެމް.އޭ ގެ އިޢުލާނާއި އެއްގޮތްވާ ގޮތުގެ މަތިން ހިިދުމަތްދިނުމަށްޓަކައި 5 މެއި އިން ފެށިގެން 15 މެއި އާ ހަމަޔަށް ބްރާންޗްތަކާއި ސަރވިސް ސެންޓަރތައް ހުޅުވިފައި ހުންނާނީ ހޯމަ ދުވަހާއި ބުދަ ދުވަހު ހެނދުނު 09:30 އިން މެންދުރު 12:00 އަށް ކަމަށެވެ.

އިޝްތިހާރު full width ad 1200 x 150

އަސާސީ ޚިދުމަތްތައް ފޯރިކޮށްދިނުމަށް ރާއްޖޭން ބޭރަށް ފައިސާ ޓްރާންސްފަރ ކުރުމާއި ބީއެމްއެލް ޗެކް ޕްރޮސެސް ކުރުމަށް  ހަމަޖެހިފައިވާ ކަމަށާއި ހެނދުނު 11:00 ގެ ކުރިން ލިބޭ ހުށަހެޅުންތަކާއި ޖަމާކުރެވޭ ޗެކްތައް ހަފްތާ ބަންދާއި ސަރުކާރު ބަންދު ނޫން ދުވަސްތަކުގައި ޕްރޮސެސް ކުރެވޭނެ ކަމަށް ވެސް ބީއެމްއެލް އިން ބުނެއެވެ. 

މީގެ އިތުރުން މާލޭ ސިޓީގައި ބޭންކިންގ ޚިދުމަތް ހޯއްދެވުމަށް ކިއުބީ އެޕް މެދުވެރިކޮށް އޮންލައިން ނަންބަރު ނެންގެވުމަށާއި ޚިދުމަތް ހޯއްދެވުމަށް ބޭންކަށް ވަޑައިގެންނެވުމުގެ ކުރިން ކިޔުގައި މަޑުކޮށްގެން ތިއްބެވި ކަސްޓަމަރުންގެ ޢަދަދު ޗެކް ކުރުމަށް ވެސް އެ ބޭންކުން ވަނީ އިލްތިމާސް ކޮށްފަ އެވެ.

އެކައުންޓް އޯޕެނިންގ ސެންޓަރ، ލޯން ސެންޓަރ އަދި ބިޒްނަސް ސެންޓަރތަކުން ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އެޕޮއިންޓްމަންޓަށް ކަމަށާއި ބޭންކުގެ ވެބްސައިޓް މެދުވެރިކޮށް އެޕޮއިންޓްމަންޓަށް އެދި ހުށަހެޅޭނެ ކަމަށް ވެސް ބީއެމްއެލް އިން ބުނެއެވެ.

ބީއެމއެލް އިން އެންމެ އިސްކަމެއްދެނީ އެ ބޭންކުގެ ކަސްޓަމަރުންނާއި މުވައްޒަފުންގެ ރައްކާތެރިކަމަށް ކަމަށާއި ކަސްޓަމަރުން ގޭގައި ތިއްބަވައިގެން ބޭންކިންގ ޚިދުމަތް ބޭނުންކުރައްވައި، އޮންލައިންކޮށް ލިބެން ހުންނަ ޚިދުމަތްތައް ބޭނުންކުރެއްވުމަށް ވެސް ބީއެމްއެލް އިން ވަނީ އިލްތިމާސް ކޮށްފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.