ރައީސް ނަޝީދަށް ދިން ޙަމަލާއަކީ ޑިމޮކްރަސީއަށާއި އިގްތިސޯދަށް ދިން ޙަމަލާއެއް: ރައީސް ސޯލިހު
ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ދިން ޙަމަލާއަކީ ޑިމޮކްރަސީއަށާއި އިގްތިސޯދަށް ދިން ޙަމަލާއެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ ދިވެހި ގައުމާއި މުޚާތަބު ކުރައްވާ ވާހަކަ ދައްކަވަމުން ނެވެ.
ރައީސް ސޯލިހު ވިދާޅުވީ މިރޭ މާލޭގައި ނަޝީދުގެ ހަށިކޮޅަށް ދިން ޙަމަލާ އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރައްވާ ކަމަށެވެ.
މި ހަމަލާ އާއި ގުޅިގެން ދިވެހި ފުލުހުންނާއި ދިފާޢީ ބާރުގެ ބޭފުޅުން ތަހުގީގު ކުރަމުންދާ ކަމަށާއި މި ތަހުގީގު ގައި ބައިނަލްއަގުވާމީ އެހީ ހޯދުމަށް ނިންމާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އެގޮތުން އޮސޓްރޭލިއަން ފެޑެރަލް ޕޮލިސްގެ ޓީމެއް އަންނަ ހޮނިހިރު ދުވަހު ރާއްޖެ އަންނާނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.