މެންބަރު ވައްޑެއަށް އިންޒާރު ދިން ޓީޗަރު ސަސްޕެންޑްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުޙައްމަދު ވަހީދު (ވައްޑެ) މަރާލަން ޖެހޭ ކަމަށް ބުނެ ޕޯސްޓް ކުރި ނ. ކުޑަފަރީ ސްކޫލްގެ އިސްލާމް ޓީޗަރު މުޙައްމަދު އަޝްރަފް ސަސްޕެންޑްކޮށްފިއެވެ.

ކައުންސިލް އިންތިހާބުގެ ދުވަސްވަރު ވަހީދު ދެއްކެވި ވާހަކަތަކަކާ ގުޅިގެން އޭނާ އަށް މަރުގެ އިންޒާރު ދީފައިވާ ޕޯސްޓެއް ނ. ކުޑަފަރީ ސްކޫލްގެ އިސްލާމް ޓީޗަރު މުހައްމަދު އަޝްރަފް ވަނީ އާންމު ކޮށްފަ އެވެ. އެގޮތުން ވަހީދު ތައުބާ ނުވެއްޖެނަމަ އޭނާ މަރަން ޖެހޭނެ ކަމަށް އަޝްރަފް ބުނެފައި ވެއެވެ. ވައްޑޭ މަރާލަން ގޮވާލައި އެ މީހަކު ޕޯސްޓެއް ކޮށްފައިވަނީ ކައުންސިލް އިންތިޚާބުގެ ކެމްޕޭންގައި ވައްޑެ ދެއްކެވި ވާހަކައެއް ހިއްސާ ކުރަމުންނެވެ.

އިޝްތިހާރު full width ad 1200 x 150

އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ އަހުމަދު އަލީ ”އަވަސް“ އަށް ވިދާޅުވީ އަޝްރަފްގެ މައްސަލަ މިނިސްޓްރީގެ ސަމާލު ކަމަށް އައުމާއެކު އެ މައްސަލަ ބަލަން ފަށައިފައިވާ ކަމަށެވެ. އަދި މިއަދުން އެއް މަސް ދުވަހަށް އޭނާ ސަސްޕެންޑް ވެސް ކޮށްފައިވާ ކަމަށެވެ.

އެގޮތުން އެޑިއުކޭޝަން މިނިސްޓްރީއިން ބަލަމުންދާ މައްސަލައެއްގައި، ސިވިލް ސާވިސް ގާނޫނުގައި ވެސް އޮންނަ ގޮތުގެ މަތިން ސަސްޕެންޝަންގެ ފުރަތަމަ 30 ދުވަހުގެ މުއްދަތު މިހާރު ކުރިއަށް ދާކަމަށް ޕްރިންސިޕަލް ވިދާޅުވިއެވެ.

ދެހާސް ނަވާރަ ވަނަ އަހަރު ފާސްކުރި ޓެރަރިޒަމްގެ ގާނޫނުގެ ދަށުން މީހުނަށް މަރުގެ އިންޒާރު ދިނުމަކީ ބޮޑު ކުށެކެވެ.

ވައްޑެވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މަރަށް މަރު ހިފަން ކެބިނެޓްގައި މަޝްވަރާ ކުރުމުން އެ ކަމަށް ފާޑުވިދާޅުވެ ވާހަކަދައްކަވާފައެވެ. އަދި އެ ކަން ކުރަން އުޅުނު މީހުން ވައްޑެ ސިފަ ކުރެއްވީ ”ސިކް“ މީހުންގެ ގޮތުގައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.