ރާއްޖޭގައި ކުޅެން އޮތް އޭ އެފްސީ ކަޕް ގެ މެޗުތައް ފަސްކޮށްފި

ރާއްޖޭގައި ކުޅެން އޮތް އޭ އެފްސީ ކަޕް ގެ ގްރޫޕް ޑީ ގެ މެޗުތައް ފަސްކޮށްފި އެވެ.

އޭއެފްސީން މިއަދު ނެރެނު ބަޔާނެއްގައި އެކަން އަންގާފައިވާ އިރު، އެފްއޭއެމުންވެސް ވަނީ ގްރޫޕް ޑީގެ މެޗުތައް މިވަގުތު މާލޭގައި ކުޅެވެން ނެތްކަމަށް ކްލަބްތަކަށް އަންގާފަ އެވެ.

އިޝްތިހާރު full width ad 1200 x 150

އޭއެފްސީން މިގޮތަށް ބަޔާން ނެރެ، އެފްއޭއެމް އިން ކްލަބުތަކަށް އަންގާފައި މިވަނީ ޕްލޭއޮފް މެޗުގައި ވާދަކުރުމަށް މިވަގުތު ރާއްޖެ އައިސްތިބި އިންޑިއާގެ ބެންގަލޫރް އެފްސީގެ ކުޅުންތެރިން ޕްރޮޓޮކޯލް އާއި ޚިލާފުވުމުން ނެވެ.

އޭއެފްސީން ނެރުނު ބަޔާނުގައި ބުނީ މުބާރާތުގެ ޕްލޭއޮފުގައި ކުޅެން މި ވަގުތު ރާއްޖެ އައިސްފައިވާ ބެންގަލޫރުން އަމިއްލައަށް އެނބުރި ގައުމަށް ދިއުމުގެ ދަތުރުފަތުރުތައް ހަމަޖައްސަމުން އަންނަ ކަމަށެވެ. އަދި މުބާރާތާ ގުޅިގެން މީގެ ކުރިން ރާއްޖެ އަންނަން ދަތުރުފަތުރު ހަމަޖައްސާފައިވާ ޓީމުތަކުން ވެސް މި ހިނދުން ފެށިގެން އެ ދަތުރުތަކުގެ ކަންތައް ކެންސަލްކުރަން ވަނީ އަންގާފަ އެވެ.

ބެންގަލޫރުން އުސޫލާ ޚިލާފުވި މައްސަލަ ބޮޑުވެފައިވާއިރު އެ ޓީމުގެ ސީއީއޯ ޕާތު ޖިންދާލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ކުލަބުގެ ބިދޭސީ ތިން ކުޅުންތެރިންނާއި އޮފިޝަލުންގެ ކިބައިން ފެނުނު، ބަހަނާއެއް ދެއްކެން ނެތް އަމަލަށް ކުލަބުގެ ފަރާތުން މައާފަށް އެދޭ ކަމަށެވެ. އަދި އެ ކުޅުންތެރިންނަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށްވެސް ވަނީ ވިދާޅުވެފަ އެވެ.

އެޓީމުގެ ބައެއް ކުޅުންތެރިންގެ މި ޢަމަލުގެ ސަބަބުން ޔޫތް މިނިސްޓަރ އަޙުމަދު މަހްލޫފް ވަނީ ބެންގަލޫރް ޓީމު އެނބުރި އިންޑިއާއަށް ފުރަން ތައްޔާރުވުމަށާއި ގްރޫޕް ސްޓޭޖުގެ މެޗުތައް ފަސްކޮށްދިނުމަށް އޭއެފްސީގައި އެދުމަށް އެފްއޭއެމްއަށް އަންގާފައެވެ. އަދި އީގަލްސް އާއި ބެންގަލޫރް ވާދަކުރާ ޕްލޭއޮފް މެޗު މާލޭގައި މިވަގުތު ދެން ނުކުޅެވޭނެކަމަށް މަހްލޫފް ކުރެއްވި ޓްވީޓްގައި ވިދާޅުވިއެވެ.

އެފްސީ ކަޕުގެ މެޗުތައް ފަސްކުރަން އޭއެފްސީން ނިންމިއިރު، މީގެ ކުރިންވެސް އެފްއޭއެމުން ވަނީ މުބާރާތް ފަސްކުރަން މަޝްވަރާކޮށްފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.