ފެރީ އާއި ބަސްދަތުރުތައް އޮންނަ ގަޑިއަށް ބަދަލު ގެނެސްފި
ކޮވިޑުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅުތަކުގެ ތެރެއިން ފެރީ އާއި ބަސްދަތުރުތައް އޮންނަ ގަޑިއަށް ބަދަލު ގެނެސްފި އެވެ.
އެގޮތުން ބަސް ދަތުރުގެ އެންމެ ފަހު ދަތުރު މިހާރު އޮންނާނީ ރޭގަނޑު 9:00 އާ ހަމައަށެވެ.
އެހެންކަމުން އޮފީސްތަކުގެ މަސައްކަތްތަކާއި އެހެނިހެން ކަންކަން ހަމަޖެއްސުމުގައިވެސް މިކަމަށް ސަމާލުކަން ދީގެން މަސައްކަތްތައް ރޭވުމަށް ފުލުހުން ވަނީ އެދިފަ އެވެ.
މަގުމައްޗަށް ނިކުމެވޭ ގަޑިތަކުގައި ގިނަ އަދަދެއްގެ މީހުން އެއްތަނަކަށް ޖަމާވާ މަންޒަރު ފެންނަމުންދާ ކަމަށާއި ގިނަ އަދަދަކަށް ކުޑަކުދިންވެސް މަގުމައްޗަށް ނެރޭ މަންޒަރު ފެންނަކަން ފުލުހުން ވަނީ ފާހަގަ ކޮށްފަ އެވެ.
ކުޑަކުދިން މަގު މައްޗަށްނެރެ މީހުން ގިނަވާ ތަންތަނުގައި އެ ކުދިން ނުގެންގުޅުމަށާއި މާރުކޭޓާއި ބާޒާރުމަތީގައިވެސް ގައިދުރު ކަމެއްނެތި މާސްކުނާޅައި ބިދޭސީންނާއި ދިވެހިންވެސް އުޅެމުންދާކަން ފާހަގަކޮށް އެކަން އެގޮތަށް ނުކުރުމަށް ވެސް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.
ރައްކާތެރިވުމަށް ކުރަމުންދާ މަސައްކަތުގައި ރައްޔިތުންގެ އެހީތެރިކަން ބޭނުންވާ ކަމުގައި ފާހަގަ ކުރެއްވިއެވެ.