ކޮވިޑު ބަލީގައި މިއަދުވެސް 3 މަރު

ހަލުވިކަމާއެކު ރާއްޖޭގައި ވެސް މިހާރު ފެތުރެމުންދާ ކޮވިޑު ބަލީގައި މިއަދުވެސް 3 މީހުން މަރުވެއްޖެ އެވެ.

އެޗްޕީއޭ ގެ ތަފާސް ހިސާބުތަކަށް ބަލާ އިރު، މި ބަލީގައި މިއަދު ފުރަތަމަ މަރުވީ 75 އަހަރުގެ އަންހެނެކެވެ. އޭނާ މަރުވީ ހާލު ދެރަވެގެން އައިޖީއެމް ހޮސްޕިޓަލްގެ އެމަޖެންސީ ރޫމްގައި ފަރުވާދެމުން ދަނިކޮށް ރޭ ފަތިހު 4:00 ހާއިރު އެވެ.

އިޝްތިހާރު full width ad 1200 x 150

މި ބަލީގައި ދެވަނައަށް މިއަދު މަރުވީ ބ. އޭދަފުށީގެ ޢުމުރުން 85 އަހަރުގެ މީހެކެވެ.

އެ މީހާ ދިރިއުޅުމުން ދިޔަ ގެއިން ކޮވިޑް ކޭހެއް ފެނިގެން އެ ގެ މޮނީޓަރިންނަށް ލާފައިވަ އިރު، އެ މީހާ މިއަދު ހެނދުނު މަރުވެގެން ހޮސްޕިޓަލަށް ގެންގޮސް ޓެސްޓް ހެދިއިރު އޭނާ ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

އެ އަތޮޅުން ކޮވިޑަށް ޕޮޒިޓިވްވެގެން މީގެ ކުރިން ވެސް ވަނީ މީހަކު މަރުވެފަ އެވެ. އެންމެ ފުރަތަމަ މީހަކު މަރުވީ މިދިޔަ އަހަރުގެ ޖުލައި 18 ވަނަ ދުވަހު އެވެ. އެއީ ތުޅާދޫގައި ހޯމްކަރަންޓީންގައި ހުރި 59 އަހަރުގެ ފިރިހެނެކެވެ.

އޭދަފުށިން މިދިޔަ މަހުގެ 19 ވަނަ ދުވަހު ކޮވިޑް ކޭސްތަކެއް ފެނުމަށްފަހު މިހާރު އެ ރަށުން 193 މީހުން ވަނީ ބައްޔަށް ޕޮޒިޓިވްވެފަ އެވެ.

އެޗްޕީއޭގެ އިން ބުނީ ޢުމުރުން 74 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު ހެނދުނު މާފުށިން ވެސް މަރުވެފައިވާ ކަމަށެވެ. އަދި އޭނާ މަރުވެފައިވަނީ މިއަދު ހެނދުނު 09:45 ހާއިރު ކަމަށެވެ.

އެ 3 މަރާއެކު ކޮވިޑްގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު ވަނީ 87 އަށް އަރާފަ އެވެ.

ފާއިތުވި ހަތަރު ދުވަސްތެރޭ ރާއްޖެއިން މި ބަލީގައި 11 މީހުން ވަނީ މަރުވެފަ އެވެ. އިއްޔެ ވެސް މިބަލީގައި މީހަކު މަރުވި އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.