އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ޙަމަލާތައް ރައީސް ސޯލިހު ކުށްވެރި ކުރައްވައިފި
އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ޙަމަލާތައް ރައީސް ސޯލިހު ކުށްވެރި ކުރައްވައިފި އެވެ.
ރައީސް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ އިސްރާއީލުން އަންނަނީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފުވަމުން ކަމަށެވެ.
By forcefully evicting Palestinian families from Sheikh Jarrah, and escalating attacks on Muslims offering prayers in the Al Aqsa complex, Israel continues to violate international law. Maldives condemns Israel's actions and remains in solidarity with the Palestinian people.
— Ibrahim Mohamed Solih (@ibusolih) May 11, 2021
ފަލަސްތީނުގެ ރައްޔިތުން އިހުތިޖާޖު ކުރަމުންދާތާ ދުވަސްކޮޅެއް ވެފައިވާ އިރު، ގެދޮރުން ބޭރުކޮށްލަން އުޅޭ ފަލަސްތީނު މީހުންގެ ގެދޮރު ހުރި ބިންތަކަކީ އެމީހުން މާކުރިން ގަނެފައިވާ ބިންތަކެއް ކަމަށްބުނެ އިސްރާއީލުގެ ވަޒަންވެރިން ވަނީ އެ ބިންތަކަށް ވެރިވެގެންފައެވެ.
އިއްޔެއިން ފެށިގެން އިސްރާއީލުގެ އަނިޔާވެރިކަން އިތުރުކޮށް، މެދުނުކެނޑި އަންނަނީ ބޮން އަޅަމުން ނެވެ. އަދި އެ ހަމަލާތަކުގައި މިހާތަނަށް 28 މީހަކު މަރުވެފައިވާ އިރު، އޭގެ ތެރޭގައި 10 ކުޑަކުދިންނާއި އަންހެނަކުވެސް ހިމެނެއެވެ.