އިޒްރޭލުގެ ޙަމަލާތައް ކުށްވެރިކޮށް ދިވެހި ޒުވާނުން އަޑުއުފުލައިފި
އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ދެމުންދާ ޢުދުވާން ކުށްވެރިކޮށް ދިވެހި ޒުވާނުން އަޑުއުފުލައިފި އެވެ.
އެ ޙަމަލާތަކާއި ދެކޮޅު ހެދުމުގެ ގޮތުން އަޑުއުފުލާ ދިވެހި ޒުވާނުން މިއަދު ވަނީ ސައިކަލު ބުރެއް ބާއްވާފަ އެވެ. މި އެސައިކަލް ރެލީ ކުރިއަށް ގެންގޮސްފައިވަނީ މިއަދު މެންދުރު ފަހު ހުޅުމާލޭގަ އެވެ.
މި ސައިކަލް ރެލީގައި ދިވެހި ސަރުކާރުން އިސްރާއީލްގެ ޔަހޫދީން މި ގައުމަށް ފަތުރުވެރިންގެ ގޮތުގައި ގެނައުން ހުއްޓާލުމަށް ވަނީ ގޮވާލާފައެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ގާނޫނެއް ހަދައިގެން ވިޔަސް އިސްރާއީސް ބައިކޮޓް ކުރުމަށް ވެސް ވަނީ ގޮވާލާފަ އެވެ.
ރަމަޟާންމަހުގެ ފަހުދިހައަކުން ފެށިގެން އިސްރާއީލުން އަންނަނީ ފަލަސްތީނަށް ހަމަލާތައް ދެމުން ނެވެ.
މި ޙަމަލާތަކުގައި މިހައިތަނަށް 119 އަށް ވުރެ މީހުން ޝަހީދުވެ، 530 މީހުން ވަނީ ޒަޚަމުވެފަ އެވެ. އަދި ޝަހީދުވި މީހުންގެ ތެރޭގައި 18 ކުޑަކުދިން ވެސް ހިމެނެ އެވެ.
އިސްރާއީލާއި ފަލަސްތީނާ ދެމެދު ސިލްސިލާ ގޮތެއްގައި ހިންގަމުންދާ ހަމަނުޖެހުންތައް މިފަހަރު ހޫނުވެފައި ވަނީ، އިރުމަތީ ގުދުސްގެ ޝައިހް ޖައްރާގައި ދިރިއުޅެމުން އަންނަ ފަލަސްތީނުގެ ރައްޔިތުން، އެމީހުންގެ ގެތަކުން ނެރުމަށް އިސްރާއީލުގެ ޔަހޫދީ ވަޒަންވެރިން ފަށާފައިވާ ކެމްޕޭންގެ ސަބަބުންނެވެ.
Kanmathee zuvaanunbaa mi meehunge harakaiy thakah faaraveri vaanjehey.