ކޮވިޑުގެ ހާލަތާ ގުޅިގެން 2 ރަށެއްގައި ކާފިއު ހިންގަން ނިންމައިފި
ކޮވިޑުގެ ހާލަތާ ގުޅިގެން 2 ރަށެއްގައި ކާފިއު ހިންގަން ނިންމައިފި އެވެ.
އެޗްޕީއޭ އިން ބުނީ ހއ. ދިއްދޫއާއި ފ. ފީއަލީގައި ކާފިއު ހިންގަން ނިންމާފައިވާ ކަމަށެވެ.
އެގޮތުން އެ 2 ރަށުގައި ރޭގަނޑު 9:00 އިން ފަތިހު 4:00 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް
މީހުން ނުކުތުން ވަނީ މަނާ ކޮށްފަ އެވެ. އަދި ޕާޓީތަކާއި، ޙަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުމަށް ވަނީ އަންގާފަ އެވެ.
މީގެ އިތުރުން އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓައިލުމަށާއި އެއްފަހަރާ 3 މީހުންނަށްވުރެ ގިނަމީހުން މަގުމައްޗާއި އާންމު ތަންތާނގައި އެއްވެއުޅުން ހުއްޓައިލުމަށާއި ސެލޫންތަކާއި، ޖިމްތާކާއި، ބޯކޮށާ ތަންތަން ބަންދުކުރުމަސް ވެސް ވަނީ އަންގާފަ އެވެ.
މީގެ އިތުރުން ހުރިހާ ކުޅިވަރު ހަރަކާތްތަކާއި ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓައިލުމަށާއި ޓެކްސީގެ ޚިދުމަތް ދޭ ފަރާތްތަކުން، ހެލްތް ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ޓެކްސީގެ ޚިދުމަތް ދިނުމަށް ވެސް އެޗްޕީއޭ އިން އެދެރަށަށް ވަނީ އަންގާފަ އެވެ.
އެޗްޕީއޭ އިން ނެރުނު ބަޔާނުގައި އިތުރަށް ވަނީ ފިރާތަކުން ޚިދުމަތް ދޭއިރު، ހެލްތް ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ޚިދުމަތް ދިނުމަށާއި ޔުނިވަރސިޓީތަކާއި ކޮލެޖްތަކަށް ދަރިވަރުން ހާޒިރުވެގެން ކުލާސްތައް ކުރިޔަށް ގެންދިޔުން ހުއްޓައިލުމަށް ވެސް އަންގާފަ އެވެ. އަދި ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓުތަކާއި، ކާބޯތަކެތީގެ ޚިދުމަތް ދޭ އެހެނިހެން ތަންތަނުން ދެމުންގެންދާ ޚިދުމަތްތައް ހުއްޓައިލުމަށް ވެސް އަންގާފައި ވެއެވެ.
އޭގެ ތެރޭގައި، ޓޭކްއަވޭއާއި ޑެލިވަރީގެ ޚިދުމަތް ނުހިމެނޭ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
✳️ ކޯވިޑް-19 އިން ރައްކައުތެރިވުމަށް ހ.އ ދިއްދޫއާއި ފ.ފީއަލީގައި ޚާއްޞަ ފިޔަވަޅުތަކެއް އަޅަން އެންގުން
އެންގުން ނަންބަރު: 50/2021https://t.co/r2d3A7qvbJ
— Health Protection Agency (@HPA_MV) May 15, 2021