ރިސޯޓުތަކުން 16 މީހުންނާއެކު މިއަދު ޕޮޒިޓިވް ވީ 78 މީހުން!
ފާއިތުވި 24 ގަޑި އިރުގެ ތެރޭގައި ރާއްޖެއިން ކޮވިޑު ބައްޔަށް ޕޮޒިޓިވް ވީ 78 މީހުން ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.
އެ އިދާރާ އިން ބުނީ މިއަދު ޕޮޒިޓިވް ވީ މާލެއިން 28 މީހުންނާއި އަތޮޅުތަކުން 34 މީހުންނާއި ރިސޯޓުތަކުން 16 މީހުން ކަމަށެވެ.
މިއާއެކު 75،071 މީހުން ރާއްޖެއިން ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ. އަދި މި ބަލިން ރަނގަޅުވެފައިވަނީ 72،349 މީހުން ނެވެ.
ރާއްޖެއިން ކޮވިޑު ބަލީގައި މިހައިތަނަށް ނިޔާވެފައިވަނީ 213 މީހުން ނެވެ.
✳️ COVID-19 : Case Updates pic.twitter.com/hYYUCzLY59
— Health Protection Agency (@HPA_MV) July 11, 2021