ފޮނަދޫ މަގުހެދުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ 88 އިންސައްތަ ނިމިއްޖެ
ލ. ފޮނަދޫ މަގުހެދުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ 88 އިންސައްތަ ނިމިއްޖެ އެވެ.
މި މަސައްކަތް ކުރާ ކުންފުނި، އެމްޓީސީސީން ބުނީ މި މަޝްރޫޢުގެ ދަށުން ދުއްވާ ސަރަޙައްދު ޤާއިމުކުރުމުގެ މަސައްކަތް ވެސް މިހާރު ނިމިފައިވާ ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން، 27,848 އަކަ މީޓަރުގެ ސަރަޙައްދެއްގައި ތާރުއެޅުމާއި ފެންހިންދާ ނިޒާމެއް ޤާއިމުކުރުމަށް ވަނީ ނިންމާފަ އެވެ. އަދި ސްޕީޑް ބްރޭކަރު ހަރުކުރުމާއި، 10,205 މީޓަރުގެ ސަރަޙައްދެއްގައި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނެ އެވެ.
މިއީ 25.5 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.