ކޮވިޑާއި ގުޅިގެން އިންޑިއާގެ ބައެއް ސްޓޭޓްތަކަށް އެތެރެވުމުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދީފި
އިންޑިއާގެ ބައެއް ސްޓޭޓްތަކަށް އެތެރެވާއިރު އޮންނަން ޖެހޭ ކޮވިޑް ނެގެޓިވް ޕީސީއާރުް ޓެސްޓު ނަތީޖާ އެތެރޭގެ އުދުހުންތަކުގައި ބޭެނުން ނުވާ ގޮތަށް ހަދައިފި އެވެ.
މިގަޮތަށް ގަވައިދު ބަދަލު ކުރި ސްޓޭޓްތަކުގެ ތެރޭގައި މަހާރާޝްޓްރާ، ވެރިރަށް ނިއު ދިއްލީ، ޕަންޖާބު އަދި ޗަންދީގަރު ހިމެނެ އެވެ. މިގޮތަށް ނިންމީ ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންނަށް ކޮންމެސް ވަރެއްގެ ލުޔެއް ދިނުމަށް އާންމުން އެދެމުންދާތީ އެވެ.
އަދި މި ލުއި ދޭން ނިންމި ސަބަބުތަކުގެ ތެރޭގައި ބައެއް މީހުންނަކީ އެއް ދުވަސް ތެރޭގައި ވިޔަފާރި އާއި އެނޫންވެސް ބޭނުން ތަކުގައި އެއް ސިޓީން އަނެއް ސިޓީއަށް ދަތުރު ކުރާ މީހުން ކަމަށް ބުނެ އެވެ. އެފަދަ މީހުންނަށް ކޮންމެ ސިޓީއަކަށް އެތެރެވާން ޕީސީއާރު ޓެސްޓު ހެދުމަކީ އުނދަގޫ ކަމަކަށް ވެފައިވާ ކަމަށް ބުނެ އެވެ.
އިންޑިއާއިން ވަނީ ގައުމުން ބޭރަށް ތައުލީމް ހާސިލް ކުރަންދާ މީހުންނާއި އޮލިމްޕިކް ކުޅީވަރު މުބާރާތުގެ ބައިވެރިންނަށް އިސްކަން ދީގެން ވެކްސިން ޕްރޮގްރާމް ކުރިޔަށް ގެންދިއުމަށް ނިންމާފައި އެވެ. އެގޮތުން އޮގަސްޓު މަހުގެ31 ވަނަ ދުވަހުުގެ ނިޔަލަށް އެ ފަދަ ފަރާތްތައް ރެޖިސްޓްރީވުމަށް ހުޅުވާލާފައިވެ އެވެ.
ވެކްސިން ފުރިހަމަ ކުރުމުން ލުއި ދޭން ނިންމިއިރު އިންޑިއާގައި އަދި ކޮވިޑު-19 ވެކްސިން ފުރިހަމަ ކުރޫ އެންމެ ފަސް ޕަސެންޓު މީހުންނެވެ.
ކަބަރު ލިޔުނޫ ލ. ކުއްދެއްތޭ.