ސަރުކާރުގެ ނިންމުންތަކަށް އަދާލަތު ޕާޓީން ނުފޫޒު ފޯރުވާކަމުގެ ތުހުމަތު ރައީސް ނަޝީދު ކުރައްވައިފި
ސަރުކާރުގެ ނިންމުންތަކަށް އަދާލަތު ޕާޓީން ނުފޫޒު ފޯރުވާކަމުގެ ތުހުމަތު ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކުރައްވައިފި އެވެ.
ނަޝީދު މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ސަރުކާރުގެ ކޯލިޝަންގައި އަދާލަތު ޕާޓީއަކީ ކުޑަ ޕާޓީއެއް ނަމަވެސް ސަރުކާރުގެ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ބާރު އެޕާޓީއަށް ދީފައިވާ ކަމަށެވެ. އަދި އެ ބާރު ދެއްވީ ރައީސް ސޯލިހު ކަމަށް ވިދާޅުވި އެވެ.
އެކަމުގެ ސަބަބުން ސަރުކާރު ހިންގުމުގެ އަމާޒު މިހާރު ހުރީ އެމްޑީޕީން ގަބޫލުކުރާ ޑިމޮކްރަސީގެ ހަމަތަކާ މުޅިން ޚިލާފަށް ކަމަށާއި ދިވެހިންގެ ތެރެއިން ގިނަ މީހުންނަކީ ޚިޔާލުފާޅުކުރުމުގެ މިނިވަން ކަމަށާއި މިއުޒިކާއި އިގުތިސޯދު ކުރިއެރުވުމަށް ލޯބިކުރާ ބަޔަކަށްވާ އިރު، ދީނީ ހަރުކަށި ފިކުރުމުގެ ބައެއްގެ ސަބަބުން އެފަދަ ހައްގުތައް ނިގުޅައިގަތުމުގެ ފުރުސަތު ދޭން ރައްޔިތުން ނޭދޭ ކަމަށެވެ.
މީގެ އިތުރުން ސަރުކާރުގެ ހިންގުން ކޯލިޝަންގެ ކުޑަ ޕާޓީއަކަށް ދީގެން ނުވާނެ ކަމަށާއި އެގޮތަށް ކަންކަންވާ ނަމަ ސަރުކާރާ އެއްކޮށް ދެމި ހުންނަން އުދަނގޫވާނެ ކަމަށް ވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.
— Mohamed Nasheed (@MohamedNasheed) July 17, 2021