ޕާކިންގ ޖާގަތަކަށް އެދުމުގެ ފުރުޞަތު އޯގަސްޓު 14 އާ ހަމައަށް އިތުރުކޮށްފި
މާލޭ ސިޓީ ކައުންސިލުން ކުއްޔަށް ދޫކުރާ ޕާކިންގ ޖާގަތަކަށް އެދުމުގެ ފުރުޞަތު އޯގަސްޓު 14 އާ ހަމައަށް އިތުރުކޮށްފި އެވެ.
އެ ކައުންސިލުން ބުނީ އަގުދީގެން ޕާކްކުރާ ޖާގަތަކަށް އެދި ހުށަގެޅުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ އޯގަސްޓްމަހުގެ 14 ވަނަދުވަސް ކަމަށެވެ. އަދި އެކަމަށް އެދި ފޯމު ހުށަހެޅުމަށް އެދުވަހުގެ މެންދުރު 2 ޖެހުމާއިހަމައަށް އޮންނާނެ ކަމަށެވެ.
މިގޮތަށް ނިންމީ ކަމާގުޅިގެން ހޯދަން ޖެހޭ ބައެއް ލިޔެކިޔުންތައް ހޯދުމުގައި މީހުންނަށް ދަތިތަކާކުރިމަތިވަމުންދާތީ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެ އެވެ.
10 ސަރަހައްދަކުން 211 ޖާގަ ޕާކިންގ އަށް ދޫކުރުމަށް ވަނީ ނިންމާފަ އެވެ. މަގުމަތީ ޕާކިންގތަކުގެ ގޮތުގައި އަމީނީމަގާ ގުޅިފައިވާ ގޯޅިތަކުން 123 ޖާގަ ދޫކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
ޕާކިންގ ޖާގަތަކަށް އެދޭ ފޯމް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި
https://t.co/UKpCH0037O— Male' City Council (@MaleCitymv) July 17, 2021
ޕާކިންގ ޖާގަތައް ދޫކުރުމަށް ހަމަޖެހިފައިވަނީ:
- މއ. ވައިދެރިޔާ ހިނގުން ( އަމީނީމަގާ ކުރެދި ގޯޅިއާ ދެމެދު) 44 ޖާގަ،
- މަ. ރާދަފަތި ހިނގުން ( އަމީނީމަގާ ފަޅުމަތީމަގާ ދެމެދު ) 21 ޖާގަ،
- މއ. ކުރެދި ގޯޅި ޖާގަ 10،
- މއ. ހުދުފަޅު ހިނގުން 8 ޖާގަ،
- މ. ހިލާލީމަގު، އަމީނީމަގުން ފެށިގެން ދެކުނު އިރުމަތީ ފަޅި 20 ޖާގަ،
- މ. ހިލާލީމަގު، އަމީނީމަގު އިރުމަތީފަޅި (ސްޓޭޑިއަމްފަޅި) 10 ޖާގަ،
- ޞަލާޙުއްދީން ޕާކިންގ 10 ޖާގަ،
- އާޓިފިޝަލް ބީޗް ޕާކިންގ 24 ޖާގަ،
- އަލިމަސްކާނިވާ ސަރަޙައްދު 6 ޖާގަ،
- ސަލްމާން މިސްކިތް ސަރަޙައްދު 58 ޖާގަ