ސިނޯވެކް ކޮވިޑް ވެކްސިން ކުޑަކުދިންނަށް ޖެހުމުގެ ހުއްދަ ޗައިނާ އިން ދީފި
ސިނޯވެކް ކޮވިޑް ވެކްސިން އުމުރުން 3 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް ޖެހުމުގެ ހުއްދަ ޗައިނާ އިން ދީފި އެވެ.
މި ވެކްސިނަކީ ކޮވިޑުން ދިފާއުވުމަށް ޗައިނާއިން ތަރައްގީ ކޮށްފައިވާ ވެކްސިނެކެވެ.
އުމުރުން 3 އަހަރާއި 17 އަހަރާ ދެމެދު އުމުރުފުރާގެ ކުދިންނަށް ބޭނުން ކުރެވޭ ގޮތަށް އިމަރޖެންސީ ހާލަތުގައި ދިނުމަށް އެގައުމުގެ ކަމާއިބެހޭ އިދާރާތަކުން މިހާރުވަނީ ހުއްދަދީފަ އެވެ. އަދި މިގޮތަށް ނިންމާ، ހުއްދަ ދީފައިވަނީ މި އުމުރު ފުރާގެ ކުދިންގެ ހަށިގަނޑުގައި ވެކްސިންގެ ކާމިޔާބީ ޓެސްޓު ކުރުމަށް ކުރި މަސައްކަތުން ލިބުނު ކާމިޔާބީތަކަށް ބަލާފަ އެވެ.
ޗައިނާގެ ސިއްހީ މާހިރުން ކޮށްފައިވާ ތަހުލީލުތަކަށް ބަލާ އިރު، އުމުރުން 3 އަހަރާއި 17 އަހަރާ ދެމެދު އުމުރުފުރާގެ ކުދިންގެ ހަށިގަނޑުގައި އެންޓިބޮޑީޒް އުފެއްދުމުގައި ސީނޯވެކް ކޮވިޑް ވެކްސިނަކީ 98.9 ޕަސެންޓް ކާމިޔާބު ވެކްސިނެއް ކަމަށް ކްލިނިކަލް ޓްރަޔަލްގެ 2 ވަނަ މަރުހަލާގެ ހޯދުންތަކުން ދައްކާފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
މި އުމުރުފުރާއަށް ސީނޯވެކް ކޮވިޑް ވެކްސިނަކީ، 98.9 ޕަސެންޓާއި 100 ޕަސެންޓާ ދެމެދު މިންވަރަކަށް ކާމިޔާބު ވެކްސިނެއް ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.
އުމުރުން 15 އަހަރުގެ ކުދިންނަށް ވެސް ޗައިނާގައި މިހާރުވެސް ދަނީ ކޮވިޑް ވެކްސިން ޖަހަމުން ނެވެ.