![covid 25](/wp-content/uploads/covid-25-780x470.jpg)
މިއަދު ރާއްޖެއިން ކޮވިޑަށް ޕޮސިޓިވްވީ 108 މީހުން
ރާއްޖެއިން އިތުރު108 މީހުން ކޮވިޑް-19 އަށް ޕޮސިޓިވްވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
މިއަދު ކޮވިޑަށް ޓެސްޓު ކޮށްފައިވަނީ 5،272 ސާމްޕަލެވެ.
އެޗްޕީއޭއިން ބުނީ އޭގެ ތެރެއިން މިއަދު އެންމެ ގިނަ މީހުން ޕޮސިޓިވްވީ އަތޮޅުތެރެއިން ކަމަށެވެ. އެގޮތުން އަތޮޅުތެރެއިން 60 މީހުން ޕޮސިޓިވްވެފައިވާއިރު މާލެއިން 17 މީހުން ޕޮސިޓިވްވެފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
ރިސޯޓުތަކުން ކޮވިޑް ޖެހިފައިވަނީ 28 މީހުންނަށެވެ. މިއަދު އިތުރަށް ޕޮސިޓިވްވެފައިވަނީ އިންޑަސްޓްރިއަލް ރަށްތަކުން ދެ މީހުންނާއި ސަފާރީތަކުން މީހެކެވެ.
މިވަގުތު ކޮވިޑަށް ފަރުވާދެމުން ދަނީ 2،541 މީހުންނަށެވެ. އޭގެ ތެރެއިން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ދަނީ 14 މީހުންނަށެވެ.
ކޮވިޑް ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 74،429 އަށް އަރާފައި އެވެ. އަދި ބަލީގައި މިހާތަނަށް މަރުވެފައިވަނީ 220 މީހުންނެވެ.
މިހާތަނަށް ރާއްޖެއިން ކޮވިޑް-19 އަށް ޕޮސިޓިވްވެފައިވަނީ 77،202 މީހުންނެވެ.