ފާއިތުވި 24 ގަޑި އިރު، ރާއްޖެއިން 107 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
ފާއިތުވި 24 ގަޑި އިރު، ރާއްޖެއިން 107 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.
އެޗްޕީއޭ އިން ބުނީ މި 107 މީހުންގެ ތެރޭގައި ހިމެނެނީ މާލެއިން 30 މީހުންނާއި އަތޮޅުތަކުން 56 މީހުން ކަމަށެވެ. އަދި ރިސޯޓުތަކުން 14 މީހުންނާއި އިންޑަސްޓްރިއަލް ރަށްތަކުން މީހަކާއި ތަރައްގީވަމުން އަންނަ ރަށްތަކުން 6 މީހުން ވެސް ވަނީ ޕޮޒިޓިވް ވެފަ އެވެ.
މިއާއެކު 77،309 މީހުން ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވެފައިވާ އިރު، 74،481 މީހުން ވަނީ މިބަލިން ރަނގަޅުވެފަ އެވެ.
ފާއިތުވި 24 ގަޑި އިރު، 5،156 ސާމްޕަލް ނަގާފައިވާ އިރު، އެކްޓިވް ކޭސްގެ ޢަދަދަކީ 2،595 އެވެ.
މި ބަލީގައި ރާއްޖެއިން 221 މީހުން މިހައިތަނަށް ވަނީ ނިޔާވެފަ އެވެ.
✳️ COVID-19 : Case Updates pic.twitter.com/u1OG4Imixu
— Health Protection Agency (@HPA_MV) July 30, 2021