![fainu 2](/wp-content/uploads/fainu-2-780x470.jpg)
ރ. ފައިނު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ %63 ނިމިއްޖެ
ރ. ފައިނު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 63 ޕަސެންޓް ނިމިއްޖެ އެވެ. އަދި ގޮނޑުދޮށް ހިމާޔަތް ކުރުމަށްޓަކައި، ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް 1 ނޮވެމްބަރ 2021 ވަނަ ދުވަހު ވަނީ ފަށާފައި އެވެ.
މި މަސައްކަތް ކުރާ ކުންފުނި އެމް ޓި ސީ ސީ އިން މަޢުލޫމާތު ދޭ ގޮތުގައި މި މަޝްރޫޢުގެ ދަށުން، 8100 ކިއުބިކް މީޓަރުގެ ވެލި ބެކްފިލްކުރުމާއި، 250 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނޭނެ ކަމަށްވެސް އެކުންފުނިން މަޢުލޫމާތުދެއެވެ.
މި މަޝްރޫޢަކީ 8.96 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.