ސައުދީ އަރަބިއްޔާއިން ކޮވިޑް 19 އާއި ގުޅިގެން އަޅާފައިވާ ގިނަ ފިޔަވަޅުތައް އުވާލައިފި

ރިޔާދް/ ސައުދީ އަރަބިއްޔާ – ކޮވިޑް 19 އާއި ގުޅިގެން ސައުދީ އަރަބިއްޔާއިން އަޅާފައިވާ ގިނަ ފިޔަވަޅުތަކެއް އުވާލާފައިވާ ކަމަށް އެޤައުމުގެ ދާޚިލީ ވުޒާރާއާއި ހަވާލާދީ ސައުދީ ރަސްމީ ނޫސް އޭޖެންސީއިން ބުނެފިއެވެ.

އުވާލާފައިވާ ފިޔަވަޅު ތަކުގެ ތެރޭގައި ބޭރުގައި އުޅޭއިރު މާސްކު އެޅުމަށް މަޖުބޫރު ކޮށްފައި އޮތް އޮތުމާއި އަދި އިޖްތިމާއީ ގައިދުރުކަން ބޭއްވުން ވެސް ހިމެނެއެވެ. އެގޮތުން މަސްޖިދް އަލް ޙަރަމްއާއި މަސްޖިދް އައްނަބަވީގައި ވެސް މީގެފަހުން ނަމާދު ކުރާއިރު ގައިދުރުކަން ބާއްވާކަށް ނުޖެހޭނެއެވެ.

އިޝްތިހާރު full width ad 1200 x 150

މީގެއިތުރުން އެޤައުމަށް ދަތުރުކުރާ ފަރާތްތަކުން ނައްސި ޕީ.ސީ.އާރު ނުވަތަ އެންޓިޖެން ޓެސްޓެއް ހުށަހަޅަން ޖެހޭގޮތަށް އޮތް އޮތުންވެސް ވަނީ އުވާލާފައެވެ. އަދި ކަރަންޓީނު ވާކަށް ވެސް ނުޖެހޭނެކަމަށް ވަނީ އަންގާފައެވެ. އެހެންނަމަވެސް ހެލްތު އިންޝުރަންސް ހަދަން ޖެހޭނެއެވެ.

ކޮވިޑްގެ ސަބަބުން އެޤައުމަށް ދަތުރު ކުރުން މަނާ ކޮށްފައިވާ ބައެއް ޤައުމުތަކުން، އަލުން ސައުދީއަށް ދަތުރުތައް ފެށުމުގެ ހުއްދަ ވެސް މިހާރު ވަނީ ދީފައެވެ. އެގޮތުން ސައުތު އެފްރިކާ، ބޮޓްސްވާނާ، ނެމީބިއާ، ޒިމްބާބްވޭ، ލެސޯތޯ، އެސްވަޓީނީ، މޮޒަންބީކް، މަލާވީ، މޮރިޝަސް، ޒެމްބިއާ، މަދަގަސްކަރު، އެންގޯލާ، ސީޝެލްސް، ކޮމޮރޯސްއާއި ނައިޖީރިއާ، އިތިއޯޕިއާ އަދި އަފްޣާނިސްތާނުން އަލުން ދަތުރުތައް ފެށުމަށް ވަނީ ހުއްދަ ދީފައެވެ.

ކޮވިޑްގެ އައު ވޭރިއެއްޓެއް ކަމުގައިވާ އޮމިކްރޯން ފެތުރެން ފެށުމުން ސައުދީއިން ވަނީ މިސްކިތްތަކުގައި ނަމާދު ކުރާއިން ގައިދުރުކަން ބޭއްވުމަށް ފާއިތުވި ޑިސެމްބަރު މަހުގެ 30 ގައި އަންގާފައެވެ. ނަމަވެސް މިއަދު އެއެންގުން ބާތިލު ކުރުމުން މިއަދުގެ ފަތިސް ނަމާދު މަސްޖިދް އަލްޙަރަމްގައި ކޮށްފައި ވަނީ ގައިދުރު ކުރުމެއް ނެތިއެވެ.

ކޮވިޑްގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތައް އުވާލާފައި މިވަނީ ފައްސިވާ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުވެފައި ވުމުންނެވެ. ކޮވިޑްގެ ގިނަ ފިޔަވަޅުތައް އުވާލާފައިވި ނަމަވެސް، ބަންދު ވެފައިވާ ތަނެއްގައި ގިނަ ބަޔަކު އެއްވާ ނަމަ މާސްކު އަޅަން ޖެހޭނެ ކަމަށް އަންގާފައިވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.