މާލޭގައި މިރޭ އަލިފާނުގެ ހާދިސާއެއް ހިނގައިފި
މާލޭގައި މިރޭ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. މިހާދިސާ ހިނގާފައި ވަނީ އިސްކަންދަރު މަގުގައި ހުރި އޭ.އެސް.އެމް ގަރާޖުގައެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން މަޢުލޫމާތު ދީފައިވާ ގޮތުގައި، މިހާދިސާގައި ރޯވެފައި ވަނީ ގަރާޖުގައި ބޭނުންކުރި ގޭސް ސިލިންޑަރެއްގައެވެ. އަދި އަލިފާން ރޯވުމުގެ ސަބަބުން އެވަގުތު ގަރާޖަށް ވައްދާފައި އޮތް ކާރަކަށާއި އަދި އެތަނުގައި ހުރި ބައެއް ތަކެއްޗަށް އެކިވަރުގެ ގެއްލުން ވަނީ ވެފައެވެ.
އެމް.އެން.ޑީ.އެފްގެ ފަޔަރ އެންޑް ރެސްކިއު އިން ކުރި މަސައްކަތުން މިރޭ 21:28 ހާއިރު އަލިފާން ނިއްވާލާފައިވާ ކަމަށް ވެސް އެފަރާތުން ވަނީ ބުނެފައެވެ.