ވޯޓު ކަރުދާހުގައި ފާހަގަ ޖެހޭނީ ކަޅު ނުވަތަ ނޫކުލައިގެ އާދައިގެ ގަލަމަކުން: އީސީ

އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި ވޯޓުލެވޭނީ ކަޅު ނުވަތަ ނޫކުލައިގެ އާދައިގެ ގަލަމަކުން ކަމަށާއި، އެހެން ކުލަކުލައިގެ ގަލަމުން ފާހަގަ ޖަހައިފިނަމަ ވޯޓު ބާޠިލްވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިންތިޚާބަށް ވަމުން އަންނަ ތައްޔާރީތަކާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ދެއްވުމަށް ބޭއްވި ޕްރެސްކޮންފަރެންސްގައި އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އިސްމާޢީލް ޙަބީބު ވިދާޅުވީ، އިންތިޚާބުގެ ސިއްރުކަން ގެއްލިދާނެ ހާލަތްތަކެއްކަމަށްބުނެ ސިޔާސީ ބައެއް ޕާޓީތަކުން ކަންބޮޑުވުންތަކެއް ފާހަގަކޮށްފައިވާކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ހަބީބު ވިދާޅުވީ ވޯޓުގެ ސިއްރުކަން ކަށަވަރުކުރުމަށް ޤާނޫނު އަސާސީއާއި، ޤާނޫނުތަކުން ލާޒިމްކުރާކަމަށާއި، އެކަމާއި ގުޅިގެން ޤައުމީ ލަފާދޭ ކޮމިޓީގައި ނިންމުންތަކެއް ނިންމާފައިވާކަމަށެވެ. ހަބީބު ވިދާޅުވީ އެކި ކުލަކުލައިގެ ގަލަމުން އިންތިޚާބުގައި ފާހަގަ ޖެހުމަށް ބައެއް ފަރާތްތަކުން ރާވަމުން އަންނަކަމުގެ ޝަކުވާ ބައެއް ޕާޓީތަކުން ހުށައަޅަފައިވާކަމަށެވެ. ޤާނޫނުގައިވެސް ބަޔާންކުރަނީ ވޯޓުލާއިރު ފާހަގަ ޖެހުމަށް ބޭނުންކުރެވޭނީ އާދައިގެ ގަލަމެއްކަން ފާހަގަކުރައްވާ ހަބީބު ވިދާޅުވީ ކަޅު ނުވަތަ ނޫ ކުލައިގެ ގަލަމަކުން ނޫން ގޮތަކަށް ވޯޓު ކަރުދާހުގައި ފާހަގަ ޖަހާއިފިނަމަ، ވޯޓު ކަރުދާސް ބާޠިލު ވާނެކަމަށެވެ.

ވޯޓުލާން އަންނައިރު، ކޮންމެހެން ގަލަމެއް ގެނައުން ލާޒިމް ނޫންކަން ފާހަގަކުރައްވާ ހަބީބު ވަނީ އިންތިޚާބުގެ ވޯޓުލާ މަޒރުކަޒުތަކުން ފޯރުކޮށްދޭ ގަލަމަކީ އާދައިގެ އަދި ދެލި ހުރިކަން ކަށަވަރު ކުރެވިފައިވާ ގަލަންތަކެއްކަމަށެވެ.

”އިންތިޚާބުތަކާއި ބެހޭ ޢާންމު ޤާނޫނުގައި އަދި ޤަވާޢިދުތަކުގައިވެސް މި ބުނަނީ ވޯޓުލާ މަރުކަޒަށް އަންނަ މީހަކު، އޭނައަށް ވޯޓުލާ މަރުކަޒަށް ވެއްދޭނީ އަދައިގެ ގަލަމެއް އެކަނި. އެހެން އެއްވެސް އިތުރު އެއްޗެއް އޭނާއަކަށް ނުވެއް ގެނެވޭނެ. އެހެންވީމަ ކޮމިޝަނުން އިއްޔެ ނިންމި، ނިންމުމަކީ އާދައިގެ ގަލަމެއްގެ ގޮތުގައި ބެލެވޭނީ ކަޅު ނުވަތަ ނޫ ކުލައިގެ ގަލަމެއް ކަމަށް.“ ޙަބީބް ވިދާޅުވިއެވެ.

ވޯޓު ބާޠިލުވާ ގޮތްތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ޙަބީބް ވިދާޅުވީ އެއް ފާހަގައަށްވުރެ، އިތުރަށް ޖާހައިފިނަމަ ވޯޓު ބާޠިލު ވާނެކަމަށެވެ. އަދި ވޯޓު ކަރުދާހުގައި ހެޔޮ ފާހަގަ ނުވަތަ ރަނގަޅު ފާހަގަ ފިޔަވައި އެހެން ފާހަގައެއް ޖެހުމާއި، ކުރެހުންތައް ކުރެހުމާއި، އަދި އެކިކަހަލަ ނިޝާންތައް ވޯޓު ކަރުދާހުގައި ލިޔުމަކީވެސް ވޯޓު ބާޠިލުވުމުގައި ހިމެނޭ ކަންކަންކަމަށް ޙަބީބް ހަނދާންކޮށްދެއްވިއެވެ.

މީގެ އިތުރަށް، ވޯޓުލާ މަރުކަޒުތަކުގައި ވޯޓިންގ ބޫތު ބެހެއްޓޭނެ ގޮތާއި ގުޅޭގޮތުން ޙަބީބް ވިދާޅުވީ، މިދިޔަ ލޯކަލް ކައުންސިލް އިންތިޚާބާއި ޚިލާފަށް މިފަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓިންގ ބޫތުތައް ބަހައްޓާފައި ހުންނާނީ އޮފިޝަލުންނާއި، އޮބްޒަރވަރުންނާއި އަދި މޮނިޓާރުންނަށް، ވޯޓު ލާ މީހާގެ ފަހަތުން ފެންނަ ގޮތަށް ކަމަށެވެ.

އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓިން ބޫތުތައް ބަހައްޓާފައިވަނީ އޮފިޝަލުންނާއި، އޮބްޒަރވަރުންނަށް ވޯޓުލާ މީހާ ކުރިމަތިން ފެންނަ ގޮތަށެވެ. އެހެންނަމަވެސް، މިގޮތް ބަދަލުކޮށް، މިފަހަރުގެ ރިޔާސީ އިންތިޚާބުގައި އޮފިޝަލުންނަށް ވޯޓުލާ މީހާ ފަހަތުން ފަރާތް ފެންނަ ގޮތަށް ބަދަލު ކުރީ، ޤާއުމީ ލަފާދޭ ކޮމެޓީގެ ބައްދަލުވުންތަކުގައި މަޝްވަރާ ކުރުމަށްފަހު، އިންތިޚާބުގެ ސިއްރުކަން ހިފެހެއްޓޭނެ އެންމެ ރަނގަޅު ގޮތަކީ، އެއީކަމަށް ކޮމިޝަނަށް ފެންނާތީކަމަށްވެސް ޙަބީބް ވިދާޅުވިއެވެ.

ވޯޓުލާ މަރުކާޒުތައް ތައްޔާރުކުރުމުގެ މަސައްކަތް، އިލެކްޝަންސް ކޮމިޝަނުން ފަށްޓަވާނީ މި އަންނަ ހުކުރު ވިލޭރޭގައެވެ. ވޯޓުލުން އޮންނާނީ މިއަންނަ ހޮނިހިރު ދުވަހުއެވެ. އަދި ހޮނިހިރު ދުވަހާއި ޖެހިގެން އަންނަ އަދިއްތަ ދުވަހަކީ ސަރުކާރު ބަންދުދުވަހެއްގެ ގޮތުގައި ސަރުކާރުން ވަނީ ކަނޑައަޅާފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.