އެމްޑީޕީން ބަރުލަމާނީއަށް އެންމެ ވޯޓެއްވެސް ނުލިބުނު
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރަން ބޭނުންނުވާ ކަމަށް، އެމްޑީޕީގެ ގައުމީ މަޖިލީހުން މިރޭ ނިންމައިފިއެވެ.
ނިޒާމީ ވޯޓާ ގުޅޭ ގޮތުން އެމްޑީޕީން ރަސްމީ ނިންމުމެއް ނިންމަން މިރޭ އިމާދުއްދީން ސްކޫލުގައި ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލިސް ޖަލްސާގައި ޕާޓީގެ އިސް ލީޑަރު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، ހިމެނޭ ގޮތަށް ހުރިހާ މެންބަރުން ވެސް ވިދާޅުވީ ބަރުލަމާނީ ނިޒާމަށް ތާއިދެއް ނެތް ކަމަށެވެ.
ނުވަދިހަ މެންބަރު ހާޒިރުވި ގައުމީ މަޖިލީހުގައި ވާހަކަދައްކަވަން ބޭނުންފުޅުވި މެންބަރުންނަށް ފުރުސަތު ދިނުމަށް ފަހު ވޯޓެއް ނެގީ ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރާން ފެނޭތޯއެވެ. ނެގި ވޯޓުގައި 90 މެންބަރުން ވެސް ވޯޓު ދެއްވީ ބަރުލަމާނީ ނިޒާމަށް ތާއީދު ކުރަން ނުފެންނަ ކަމަށެވެ.