މާލޭގެ މޭޔަރަކަށް އާޒިމް

މާލޭ ސިޓީގެ މޭޔަރަކަށް އެމްޑީޕީގެ ކެންޑިޑޭޓް އަދި އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް އިންތިޚާބުކޮށްފިއެވެ.

ހޮނިހިރު ދުވަހު ހެނދުނު 08:00 އިން ހަވީރު 05:00 ގެ ނިޔަލަށް ކުރިޔަށްދިޔަ މާލޭ ސިޓީ ކައުންސިލްގެ ބައި އިލެކްޝަންގައި ބޮޑު ފަރަގަކާއި އެކު މާލޭގެ މޭޔަރުކަން އާޒިމް ކާމިޔާބުކުރެއްވިއިރު، ހަތަރު ބޭފުޅަކު ބަނީ އާޒިމްއާ ވާދަކުރައްވާފައެވެ.

އިޝްތިހާރު full width ad 1200 x 150

އެއީ ޕީއެންސީގެ ފަރާތުން ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރު، ދަ ޑިމޮކްރެޓްސްގެ ފަރާތުން ސައިފް ފާތިހުގެ އިތުރުން އަމިއްލަ ގޮތުން ވާދަކުރެއްވި ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދު އަދި ޝުއައިބު ޢަލީއެވެ.

އިންތިޚާބުގައި ދެވަނައަށް އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވީ ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީގެ ކެންޑިޑޭޓް އާޒިމާއެވެ.

ބޮޑު ފަރަގަކާއި އެކު އާޒިމް އިންތިހާބު ކާމިޔާބުކުރެއްވުމުން ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި އޭނައަށް މަރުހަބާ ކިޔަމުންނެވެ.

މާލޭގެ މޭޔަރުގެ ގޮނޑި ހުސްވީ އެ މަގާމުގައި ހުންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާކުރެއްވުމަށް އެމަގާމުން އިސްތިއުފާ ދެއްވުމުންނެވެ.

މާލޭގެ މޭޔަރު ކަމުގެ އިތުރުން ސިޓީ ކައުންސިލުން ހުސްވެފައިވާ ތިން ދާއިރާ އަށް ކައުންސިލަރުން އިންތިހާބު ކުރުން ވެސް މިއަދު އޮތެވެ. އެ ތިން ދާއިރާ އަކީ ހެންވޭރު ދެކުނު ދާއިރާ އާއި މާފަންނު ދެކުނު ދާއިރާގެ އިތުރުން މެދު ހެންވޭރު ދާއިރާ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.