އާބަންކޯގެ ނަން ދޫކޮށްލުމަށްފަހު އަލުން އެޗްޑީސީ ކިޔަން ފަށައިފި

އާބަންކޯގެ ނަން އަލުން “ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން” (އެޗްޑީސީ) އަށް ބަދަލުކޮށް، ކުންފުނީގެ ލޯގޯއާއި ނަން އަލުން ބޭނުން ކުރަން ފަށައިފިއެވެ.

މިބަދަލު ގެނައިކަން އެ ކުންފުނިން އިއުލާންކުރީ މިއަދު މިކަމަށްޓަކައި އެޗްޑީސީގައި ބޭއްވި ރަސްމިއްޔާތެެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު އެވެ.

އިޝްތިހާރު full width ad 1200 x 150

”އާބަންކޯ” އަށް އެޗްޑީސީ ރިބޭންޑްކުރީ އެ ކުންފުނީގެ 22 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އެޕްރީލް 1، 2023 ގަ އެވެ. ކުންފުނި ރިބްރޭންޑްކުރަން ގާތްގަނޑަކަށް 1.2 މިލިއަން ރުފިޔާ ހޭދަކުރި އެވެ.

ހުޅުމާލޭގެ ކަންކަމަށް ހާއްސަ “އާބަންކޯ” އެންމެ ފުރަތަމަ ހިންގީ ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ނަމުގަ އެވެ. ފަހުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް ނަން ބަދަލުކުރީ މާޗް 19، 2009 ގަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.