ކެންޑިޑޭޓުންނަށް މަންދޫބުން އައްޔަން ކުރުމަށް ހުޅުވާލައިފި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ވާދަކުރާ ކެންޑިޑޭޓުންނަށް މަންދޫބުން އައްޔަން ކުރުމުގެ ފުރުސަތު ހުލުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި ވިދާޅުވެފައި ވަނީ މަޖިލީސް އިންތިހާބުގެ ވޯޓުނެގުމާއި ވޯޓުގުނުމުގެ ކަންތައްތައް ހިނގާނުހިނގާ ގޮތް ބެލުމަށް، އެ ކެންޑިޑޭޓެއްގެ މަސްލަހަތު ހިމެނޭ ކޮންމެ މަރުކަޒަކަށް މަންދޫބަކު އައްޔަން ކުރުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ.

އިޝްތިހާރު full width ad 1200 x 150

އެގޮތުން މި މަންދޫބުންނަކީ 18 އަހަރު ފުރިފައިވާ ދިވެއްސަކަށް ވާން ޖެހެއެވެ. އަދި ޖިނާއީ ކުށެއްގައި ހުކުމް ތަންފީޒުކުރެވެމުންދާ މީހެއް ކަމުގައި ވެގެން ނުވާއިރު އިންތިހާބާ ބެހޭ މަސައްކަތެއް ކުރުމަށް އީސީގެ ފަރާތުން ހަވާލުވެގެން ހުރި މީހެއް ކަމުގައިވެސް ވެގެން ނުވާނެ ކަމަށް އިލެކްޝަނުން ވިދާޅުވެފައި ވެއެެވެ.

މީގެ އިތުރުން ފަނޑިޔާރެއް ނުވަތަ މިނިވަން މުއައްސަސާއެއްގެ މެންބަރެއް އަދި ވެރިއެއް ކަމުގައިނުވުމާއި ދިވެހި ފުލުހެއް ނުވަތަ ސިފައިންގެ މީހަކު ކަމުގައިވެސް ވެގެން ނުވާނެއެވެ. އަދި ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައި ހުރި މީހަކު ކަމުގައިނުވުމާއި، ސުލޫކީ މިންގަނޑާ ހިލާފުވެގެން ފިޔަވަޅެއް އަޅައިފައިވާ މީހަކު ކަމުގައިވެސް ވެގެން ނުވުމާއި، އިންތިހާބީ ކުށެއް ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި ސާބިތުވެފައިވާ މީހަކު ކަމުގައި ވެގެން ނުވުންވެސް ހިމެނެެވެ.

އިލެކްޝަނުން ވިދާޅުވީ މަންދޫބުންނަށް އެ ކޮމިޝަނުން ދޫކުރާނީ ޑިޖިޓަލް ފާހެއް ކަމަށާއި އަދި މަންދޫބުން އެ ކޮމިޝަނުން ކުރިއަށްގެންދާ މައުލޫމާތު ސެޝަން ފުރިހަމަކުރަންޖެހޭނެ ކަމަށެވެ.

ފޯމު ހުށަހެޅުމަށް ފަހު، 3004459 އަށް ގުޅައި މެއިލް އިލެކްޝަނަށް ލިބިފައިވާކަން ކަށަވަރުކުރަންވާނެ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

މަންދޫބުންނަށް ވުމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.