ހަންކެޑެ ބްރިޖުގެ 820 މީޓަރުގައި ތާރުއަޅާ ނިމިއްޖެ

އައްޑޫ ޑީވެލޮޕްމެންޓް ޕްރޮޖެކްޓްގެ ދަށުން އައްޑޫސިޓީގައި މިހާރު އަޅަމުންދާ ހަންކެޑެ ބްރިޖުގެ 820 މީޓަރުގައި ތާރު އަޅާ ނިމިއްޖެއެވެ.

މި މަގުގައި ތާރު އަޅުމުގެ މަސައްކަތް މި އަހަރު އެޕްރީލް މަހުގެ 18 ވަނަ ދުވަހު ފަށާފައިވާއިރު ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ، މި މަޝްރޫއުގައި ތާރު އަޅަން ހަމަޖެހިފައި ވަނީ، ދެ ބްރިޖާ އަދި ތިން އެމްބޭންކްމަންޓްސްގައި ކަމަށެވެ.

އިޝްތިހާރު full width ad 1200 x 150

ހަންކެޑެ އާއި ގައުކެނޑި ގުޅުވާފައި އޮތް ބްރިޖުގެ ބަދަލުގައި މިހާރު އަޅަމުންދާ މި ބްރިޖަކީ ލިންކް ރޯޑުން ފެށިގެން ގޮސް، އެސަރަހައްދުގައި ފަތުރުވެރިކަމުގެ ސިނާއަތަށް ހުޅުވާލާފައިވާ ހަންކެޑެ، ބޭރުން ހުޅަނގު ދެކުނުން އަޅާ ބްރިޖެކެވެ. މި ބްރިޖު މަރަދޫ ފަޅިންގުޅުވާފައި ވަނީ އެ އަވަށުގެ ބޮޑުގެ މަގުގެ ކޮޅަށެވެ. 1.4 ކިލޯމީޓަރުގެ ހަތަރު ލޭން ހިމެނޭ މި ބްރިޖުގެ ލިންކް ރޯޑްގެ ދިގުމިނުގައި 1.463 ކިލޯމީޓަރެވެ.

މި ބްރިޖު ހެދުމުގެ އަމަލީ މަސައްކަތް އެފްކޮންސް އިން ފަށާފައިވަނީ 2021 ވަނަ އަހަރުގައެވެ. މި މަޝްރޫއަށް ސަރުކާރުން 1.19 ބިލިއަން ރުފިޔާ ހަރަދުކުރަން ވަނީ ހަމަޖެހިފައެވެ.

އިިންޓަގްރޭޓެޑް ޓޫރިޒަމަށް ހަންކެޑެ ތަރައްގީކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނައިރު ހަންކެޑެ ތަރައްގީ ކުރަން ފަންޑު މެނޭޖްމަންޓު ކޯޕަރޭޝަން (އެމްއެފްއެމްސީ) އިން ހަވާލުކޮށްފައި ވަނީ ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޗައިނާ ނޭޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން (ސީއެންއީސީސީ) އާއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.