ޒަކިއްޔާގެ ހަށިގަނޑު މާލެ ގެނެސްފި
ނ. ހޮޅުދޫގައި ޒަހަމުތަކަކާއެކު މަރުވެފައި އޮއްވައި ފެނުނު އެރަށު ޒަކިއްޔާ މޫސާގެ ހަށިގަނޑު މާލެ ގެނެސްފިއެވެ.
އިއްޔެ ހެނދުނު ނ. ހޮޅުދޫގައި ޒަހަމުތަކަކާއެކު އޮތް އަންހެނެއް ފެނިފައިވާއިރު އޭނާ އޮތީ މަރުވެފައިވާކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
ފުލުހުން މިއަދު ބުނެފައިވަނީ ޒަކިއްޔާގެ ހަށިގަނޑު އިތުރު ތަހުލީލުތައް ކުރުމަށް ރޭ ދަންވަރުގެ ވަގުތެއްގައި މާލެ ގެނެސްފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން އަދި މިހާތަނަށް މީހަކު ހައްޔަރު ކޮށްފައި ނުވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ހާއްސަ ޓީމެއް މާލެއިން ހޮޅުދޫއަށް ގޮސްފައިވާއިރު ފުލުހުން ބުނެފައިވަނީ މި މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށެވެ.