
ފަނޑިޔާރުންގެ މަހާސިންތާ 2025 ފަށައިފި
މި އަހަރުގެ ފަނޑިޔާރުންގެ މަހާސިންތާ މިއަދު ފަށައިފިއެވެ.
ރާއްޖޭގެ ހުރިހާ ކޯޓަކުން ފަނޑިޔާރުން ބައިވެރިވާ މި މަހާސިންތާ ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދަނީ މާލޭގައެވެ. މި މަހާސިންތާ ފަށްޓަވައިދެއްވީ އުއްތަމަ ފަނޑިޔާރެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފަނޑިޔާރުންގެ މަހާސިންތާގައި މި ފަހަރުގެ އެންމެ ފުރަތަމަ ދުވަހުގެ މައިގަނޑު މައުޟޫއަކީ، އިސްލާމިކް ފައިނޭންސިންގއާ ގުޅޭ މައުޟޫތަކެވެ
ފަނޑިޔާރުންގެ މަހާސިންތާއަކީ ކޮންމެ އަހަރަކުވެސް ގަޟާއީ އަހަރާއި ގުޅުވައިގެން ބާއްވާ މަހާސިންތާއެކެވެ. ކޮންމެ އަހަރަކުވެސް ފަނޑިޔާރުންގެ މަހާސިންތާގައި ޖުޑިޝަރީގެ ހުރިހާ ފަރާތްތަކުން ބައިވެރިވެ ކަނޑައެޅޭ މައުޟޫތަކަށް މަޝްވަރާ ކުރެއެވެ.