ހީކުރާ ގޮތާއި ކަމުގެ ހަޤީޤަތް (1)
ހީކުރާ ގޮތް | ކަމުގެ ހަޤީޤަތް |
ޑޮނަލްޑް ޓްރަމްޕްގެ ސަބަބުން ތިންވަނަ ބޮޑު ހަނގުރާމަ ފެށިދާނެއެވެ. | ޑޮނަލްޑް ޓްރަމްޕް ގެ ވިޔާފާރި ބަނގުރޫޓުވާ ގޮތަކަށް ހަނގުރާމަ ފަށާކަށް ޚުދު ޓްރަމްޕް ވެސް މަސައްކަތެއް ނުކުރާނެއެވެ. |
ދިވެހިން އާއިލީ ވެރިކަން ދެކެ ވަރަށް ފޫހިވާނެއެވެ. | ދިވެހިންފޫހިވަނީ އާއިލީ ، ހަސަބާއި ނަސަބު ގެ މަތިކަން ދައްކަން ކުރާ އަނިޔާވެރި ވެރިކަންދެކެއެވެ. |
ކައުންސިލަރުން ރައްރަށް ހިންގަމުން ގެންދަންވާނީ ޕާޓީގެ އެދުމާ އެއްގޮތަށެވެ. | ކައުންސިލަރުން ރަށުގެ ކަންތައް ހިންގަމުން ގެންދާނީ ރަށަށް ފައިދާވާ ގޮތްގޮތަށެވެ. |
ރާއްޖޭގައި އެންމެން މަސައްކަތް ކުރަމުންދަނީ ރިޔާސީ ނިޒާމާއި އެއްގޮތަށެވެ. | ރައްޔިތުން ރިޔާސީ ނިޒާމާއި ދިމާއިދިކޮޅަށް ވޯޓްދިނުމުގައި ބަލަނީ އަތްމަތި ތަނަވަސް ވާނެގޮތަކަށެވެ. ވެރިކަންލިބުމާއި އެކު ޕާލަމެންޓް މަސައްކަތް ފަށައިގަންނަނީ ބަރުލަމާނީ ނިޒާމަށެވެ. |
ރަށުގެ ކައުންސިލްތަކަށް ލިބިފައިވަނީ މިނިވަން ބާރެކެވެ. | ޑިމޮކްރަސީގައި ކައުންސިލް ހިނގަނީ މައިސަރުކާރާއި ގުޅިގެންނެވެ. |
ވެރިކަން ވައްޓާލުމަށްޓަކައި ކައުންސިލަރުންގެ ދައުރު ވަރަށްމުހިއްމެވެ. | ސަރުކާރު ވައްޓާލެވޭނެ ގޮތެއް ދެނެއްނޯންނާނެއެވެ. ވެރިކަން ބަދަލު ކުރެވިދާނެއެވެ. އެއީ ސަރުކާރު ވެއްޓުމެއްނޫނެވެ. ޑިމޮކްރަސީ ވެރިކަމެއްގައި އަބަދުވެސް ވެރިކަން މި އުޞޫލުން ބަދަލުވަމުންދާނެއެވެ. |
ކައުންސިލަރުން ސަރުކާރުގެ މަޝްރޫޢު ނުހިންގާ ލަސްކުރުމަކީ 2018 އަށް ވެރިކަން ކުރާޕާޓީގެ ކިބައިން ވެރިކަން ނިގުޅައިގަތުމަށް އޮތްމަގެކެވެ. | ކައުންސިލަރުން މިގޮތަށް މަސައްކަތް ނުކޮށް މަޝްރޫޢުތަކަށް ފުރަގަސްދޭންފަށައިފިނަމަ ރަށް ތަރައްޤީއެއްނުވާނެއެވެ. |
ތަންކޮޅެއް ފޮންޓް ސައިޒް ކުޑަ ކަމަށްފެންނަނީ