”މޮޅިވެރި ނުވާށެވެ!“
ޕީސް ފައުންޑޭޝަނުން އެންމެ ފަހުން ބޭއްވި ”ދައުވާ މެނޭޖްމެންޓް ވޯކްޝަޕް“ އަށް ފަހު މާ ގިނަ ދުވަސްތަކެއް ނުވަނީސް އަނެއްކާވެސް މި ވަނީ އެހެން ހަރަކާތެެއް އިއުލާން ކޮށްފައެވެ. އާދެ! އެއީ “ މޮޅިވެރި ނުވާށެވެ“ މި ނަމުގައި ވިލިމާލޭ ބޯޅަ ދަނޑުގައި 3 މާރިޗު ވާ ހުކުރު ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ ވަރަށް ހާއްސަ ދަރުސްއެކެވެ. ދަރުސް ދެއްވާނީ ރާއްޖޭގެ މަޝްއޫރު އިލްމުވެރިއެއް ކަމަށްވާ އައްޝައިޙް އަބްދުއް ސަލާމް ދާވޫދް އެވެ.
އައްޝައިހް އަބްދުއް ސަލާމް ދާވުދަކީ ސައޫދީ އަރަބިއްޔާގެ އިސްލާމިކް ޔުނިވާރސިޓީ އޮފް މަދީނާގެ ގްރެޖުއޭޓެކެވެ. އަދި މީގެ ކުރިންވެސް ވަރަށް ޝައުގުވެރިވާފަދަ އެތަކެއް ދަރުސްތަކެއް އާންމުންނާއި ހަމައަށް ގެނެސްދީފައިވާ ރާއްޖޭގެ މަޝްއޫރު ދީނީ އިލްމުވެރިއެވެ.
ދަރުސްއަށް ވަޑައިނުގެންނެވޭ ފަރާތްތަކަށްވެސް ޕީސް ފައުންޑޭޝަންގެ ޔޫޓިއުބު ޗެނެލް މެދުވެރިކޮށް ލައިވް ކޮށް ދަރުސް ބަލައިލެވޭނެއެވެ.
ދަރުސް އޮންނާނެ ތަން: ވިލިމާލޭ ބޯޅަަދަނޑު
ވަގުތު: ހުކުރު(މާދަމާ) ދުވަހުގެ ރޭ 8:45