ކެހިވެރި މަޅި ޙަޤީޤީ ވާހަކަ
މިއީ ހަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ.
އަމީނާ ކެއްކުމުގެ މަސައްކަތުގައި އަވަދިނެތި އުޅެމުން ދެއެވެ. އަމާނީ ފެންވަރައިގެން ނިކުމެ ކޮޓަރިތެރޭގައި ތައްޔާރުވަނީއެވެ. ރޮކް މިއުޒިކުގެ އަޑު މުޅި ކޮޓަރީގެ ތެރެއަށް ވެރިވެފައިވެއެވެ. އަމީން ސިޓިންގ ރޫމްގައި ހަމަޖެހިލައިގެން ޓީވީން އަންނަ ޕްރޮގުރާމަކަށް ގެއްލިފައިއިނެވެ. އިރުކޮޅެއްނުވެ އަމާނީ ތައްޔާރުވެގެން ބޭރަށްދާން ކޮޓަރިން ނިކުތެވެ. “ދަރިފުޅާ އަމާނީ. ކޮންތާކަށް ތިދަނީ“ އަމީން އެހިއެވެ. “ މިދަނީ ޝާނިއާ އާއިއެކު ފިހަރައަކަށް ދާންވެގެން. ވަރަށް އަވަހަށް އަންނާނަމޭ“ އަމާނީ މިހެން ބުނުމާއެކު އަމީނާ އަކަށް މަޑަކުން ނުހުރެވުނެވެ.
އަމީނާ ބުންޏެވެ. ކޮންމެ ރެއަކުވެސް އަވަހަށޭ ކިޔާފަ އަމާނީ ދާނީ. އެކަމަކު ދެތިން ގަޑިއިރު ބޭރުގަ އުޅެފަ ނޫނިއްޔާ ގެއަކަށް ނާނާނެ. ދަރިފުޅާ ތިހެން އުޅޭކަށް ނުވާނެ. ކޮންމެ ރެއަކު ކޮންމެ ރެއަކު އަންހެންކުދިން ބޭރަށް ދިއުމަކީ މަންމަ އެހާ ރުހޭކަމެއް ނޫން.“ އަމީނާ މިހެން ބުނުމުން އަމާނީ ވަރަށް ދެރަވިއެވެ. “ މަންމާ ފިހާރައަކަށް ދަންޏާ ލަސްވާނެއެއްނު. ޝާނީ ކޮއްކޮއަށްދޭން ހެދުމެއް ގަންނަންވެގެންނޭ މިދަނީވެސް“ އަމާނީ މިހެން ބުނުމާއެކު “ އެންމެ ރަނގަޅު މާލަސްނުކޮށް ގެއަށް އަންނަންވާނެކަމަށް އަމާނީ ގާތު އަމީން ބުންޏެވެ.
އަދި އަމީނާއި ދިމަލަށް “އަމީނާ އެހާ ކަންބޮޑު ނުވެބަލަ. އެމަންޖެ އަންނާނެޔޭ އަވަހަށް“ އަމީން ހީލާފައި އަމީނާ އާއި ދިމާލަށް ބުންޏެވެ. ކޮބާ މަންމާ. ބައްޕަ އަށް ކިހާ ވިސްނޭ. އޯކޭ ބައްޕާ. ދެންދަނީ. މިހެން ބުނެ އަމާނީ ގެއިން ނިކުތެވެ. އަދި ކާރަކަށް ގުޅާ ކާރެއްގައި ޝާނީ މެން ގޭދޮށަށް ގޮސް ޝާނީގާތު އެގޭދޮށުގައި ހުރިވާހަކަ ބުންޏެވެ.
އަމާނީ: ހަލޯ….ކޮބާ ޝާނީ. ކޮންތާކު؟ މަމިހިރީ ތިގޭ ކައިރީގަ. އާނ…ފެނިއްޖެ.
ޝާނީ: ކޮންތާކަށްދާނީ.
ޝާނީ މިހެން ބުނުމުން ހަމައެއްގޮތަކަށްވެސް ދާތި ތަނެއް ނޭގޭކަމަށާއި، އައްމު ހީކޮށްގެން ހުރީ ޝާނީ ތަނެއް ޑިސައިޑްކޮށްފަކަށް ހުންނާނީ މިހެން އަމާނީ ބުންޏެވެ. މިހެން އަމާނީ ބުނުމުން ޝާނީ މޫނަށް ފޫހިކަމުގެ އަސަރުވެރިވިއެވެ. އަދި ބުންޏެވެ.
ޝާނީ: ހްމްމްމްމް. ހިނގާ ތަންކޮޅެއް ކައިރި ތަނަކަށްދާން. ބޭބީ ވާރްލްޑްގަ ހުންނާނެ ވަރަށް ރީތި ހެދުން.
އަމާނީ: ހްމްމްމް. ހިނގާ. އޭރަށް އަވަހަށް ގެއަށްދެވޭނީވެސް.
ޝާނީ: ކީއްކުރަން އެހާ އަވަހަށް ގެއަށްދާން ތިއުޅެނީ. ކޮފީއަކަށް ނުދާނަންތަ.
ޝާނީ މިހެން ބުނުމުން އަމާނީ ހީލާަފއި ބުންޏެވެ. ނޫނެކެވެ. އެކަމަކު އައްމުއަށް އެކަމަކު ކެވޭނީ ހަމަ ސަބްމެރިން އޭ އަމާނީ ބުންޏެވެ. އަމާނީ މިހެން ބުނުމުން ޝާނީގެ ގާތަށް ވަރަށް ހިނިއައެވެ.
އަދި އަމާނީ ހީލާފައި ނޫނޭ ދާންވާނެޔޭ، އެކަމަކު އައްމުއަށް ކެވޭނީ ހަމަ ސަބްމެރިންކަމަށް އަމާނީ ބުންޏެވެ. މިހެން އަމާނީ ބުނުމާއެކު ޝާނީ ސަކަގޮތަކަށްހީލާފައި ބުންޏެވެ.
ޝާނީ: އެއްކަލަ ސަބްމެރިންދޯ. މައްސަލައެއްނެތް. މިއޮތް އާދެވުނީ ބޭބީ ވާރްލްޑަށް.
ދެމީހުން އޮލަވާހަކައެއްގައި ތިބެ ހިގަމުން ހިނގަމުންގޮސް ބޭބީ ވާލްޑް އަށް ވަނެއެވެ. އަދި އެފިހާރައިން ޝާނީ އަށް ރީތިހެދުމެއް ހޯދުމަށް އަމާނީ އަވަސްވެގައެވެ.
އަމާނީ: އެބަހުރި ދޯ ވަރަށް ރީތި ހެދުން. މިވެސް ކިހާ ރީތި.
ޝާނީ: އަދި ހިނގާ އެހެރަ ހެދުންތައް ބަލާލަން.
އަމާނީ: ހްމްމް…މިހިރީ ހައްތާވެސް ކޮއްކޮއާ ގުޅޭ ހެދުންތަކެއްނުން. އޭ މިހެދުން އަދި މާރީތި.
ޝާނީ: ޔެސް. ވަރަށް ރީތި. މި ހެދުން ގަންނާނީ.
ޝާނީ މިހެން ބުނުމާއެކު ހީނލާފައި އަމާނީ ބުންޏެވެ. ޔަޤީނެވެ. ތީ ވަރަށް ރީތި ހެދުމެކެވެ. ޝާނީ އާ ގުޅ ހެދުމެކެވެ. މިހެން ބުނުމުން ޝާނީ އަވަސް އަވަހަށް ހެދުން ނަގައިގެން ކައުންޓަރު ކައިރިއަށް ދިޔައެވެ. އަދި ޝޭޓް ަކއިރީ އަހާލިއެވެ.
ޝާނީ: ޝޭޓް މިހެދުން 250 ދޯ.
ޝަނީ މިހެން ބުނުމުން ޝޭޓް ލައްބަ އޭ ބުނެ ބޯޖަހާލުމަށްފަހު އެހެދުން ކޮތަޅަކަށް ލައިދިނެއެވެ. އަދި އަމާނީ އާއި ޝާނީ ފިހާރައިން ނިކުމެގެން ވަކިހިސާބަކަށް ދިޔަތަނުން ޝާނީ ކޮފީއަކަށް ގޮސް ނޫނީ ގެއަށް ދާކަށެއް ބޭނުމެއް ނުވިއެވެ. އަމާނީ ބޭނުންވަނީ ގެއަށް ދާށެވެ. ނަމަވެސް ޝާނީ ގެ މޫނުމަތިން ކޮފީއަކަށް ދާން ބޭނުންވާލެއް ބޮޑުކަން އަމާނީ އަށް އެގުނެވެ. އަދި ޝާނީ ބޯހޫރުވާލަމުން ބުންޏެވެ.
ޝާނީ: އުނހު…ހިނގާ ކޮފީއަށްދާން. ސަބްމެރިންވެސް ކާންޖެހޭނެނު. މިހިރީ އިލީ ތަނެއް. ހިނގާ ވަންނަމާ.
އަމާނީ: އާނ…ހިނގާ.
މިހެން ބުނެ ދެމީހުން ހިނގާފައިގޮސް އާޓިފިޝަލް ބީޗްގައި ހުރި ރެސްޓޯރެންޓަކަށް ވަނެވެ. އަދި ރަނގަޅަށް ހަމަޖެހިލާަ، މޭޒުކައިރީ އިށީންނަމުން އަމާނީ ބުންޏެވެ.
އަމާނީ: ހާދަ މީހުންވެސް ގިނައޭ ދޯ. ޝާނީއަށް ކަމެއް ފާހަގަކުރެވުނުތަ؟
ޝާނީ: އުނހު. ކިހިނެއްވީ؟
އޭރު އަމާނީމެންތިބި މޭޒާ ޖެހިގެން ކަހަލަގޮތަކަށް ހުރި މޭޒް ކައިރީ ދެ ފިރިހެން ކުދިން ކޮފީއެއްގައި ތިއްބެވެ. އެތަނުން އެކަކު މާވަރަކަށް އަމާނީ އާއި ދިމާލަށް ބަލާހެން އަމާނީ އަށް ހީވިއެވެ. އަދި ޝާނީ ގާތު ބުންޏެވެ.
އަމާނީ: އެހެރެ މޭޒުގަ އެތިބި މީހުންގެ ތެރެއިން މެދުގަ ހުރި ކުއްޖާ ދެވަނަ ތަނެއް ނުބަލާ.
ޝާނީ: އޭނައަށް އައްމު ރީތިވީ ކަންނޭނގެ. އަހާލަންތަ؟
އަމާނީ: ދެން ނޫން. އެހެން ދެން އުޅޭނެ. އަޅާނުލާ.
އިރުކޮޅަކުން ވޭޓަރު އަމާނީމެން ތިބި މޭޒްގެ ކައިރިއަށް އައިސް މެނޫ ދިއްކޮށްލިއެވެ. އަދި ގެންނާނީ ކޯއްޗެއްތޯ ވޭޓަރު ސުވާލުކުރަން ފެށިއެވެ.
ޝާނީ: އަހަންނަށް ކިރު ކޮފީއެއް. ދެން އައްމު ކޯޗެއް؟
އަމާނީ: އަހަންނަށް ސަބްމެރިންއެއް (ޗިކަން) ދެން ހޮޓް ޗޮކްލެޓެއް.
ޝާނީ: ހްމްމްމް. އެއީ ކާކުބާ؟ ހާދަ ވަރަކަށް އެބަ ބަލައޭދޯ؟
އަމާނީ: ދެން ޝާނި ނުބަލަބަލަ. އެހެންނޫނީ ހީވާނީ އަހަރުމެން އޭނަޔަށް ބަލަނީހެން. ތި ހެދުން ކޮއްކޮއަށް ރީތި ވާނެތަ؟
ޝާނީ: ހީވަނީ ރީތި ވާނެހެން. އެވާހަކަ އިހަށް ބާއްވާ. އޭލެވެލްއަށްފަހު އައްމު ކިހިނެއް ހަދަން ޤަސްދުކުރަނީ. ވަޒީފާއަކަށް ދާނީތަ؟
ޝާނީ ސުވާލުކުރަން ފެށިއެވެ.
އައްމު: އަސްލު އައްމު ބޭނުމެއްނޫން އެހާ އަވަހަށް ވަޒީފާއަކަށްދާން. އިތުރަށް ކިޔަވަން ބޭނުމީ. ދެން ބައްޕަމެން ބޭނުންގޮތަކަށް ހަދާނީ. ކޮންމެ ގޮތެއްވިޔަސް އިތުރަށް ކިޔަވަން ހިތުގަ އެބައޮތް. ޝާނީ ކިހިނެއް ނިންމަނީ.
ޝާނީ: ޝާނީ ހީވަނީ ވަޒީފާއަކަށްހެން ދާނީ. ޓީޗިންގް ފީލްޑްގަ އުޅޭހިތްވަނީ.
އަމާނީ: ތީ ވަރަށް ސަޅިކަމެއް.
މިހެން ބުނިތަނާ ވޭޓަރު އަމާނީމެން ދިން އޯޑަރަށް ތަކެތި ގެނެސްފިއެވެ. އަދި އެތަކެތި ކެއުމަށް އަމާނީ އަވސްވެގަތެވެ. އަދި ކާން ތިބެ ޝާނީ އަމާނީ ގާތު އަހާލިއެވެ.
ޝާނީ: މީރު ދޯ.
ޝާނީ މިހެން އެހުމުން އެއްކޮލުން ހީލުމަށްފަހު އަމާނީ ބުންޏެވެ.
އަމާނީ: އާނ ދެން މީރުވާނެނު. މަގޭ ފެވަރިޓް ވިއްޔަ. މިހާރު ބައްޕަމެން އުޅޭނެ ލަސްވެގެން. ހިނގާ އަވަސްކޮށްލައިގެން ދާން.
ޝާނީ: ބައްޕަ ލަސްވެގެން އުޅޭނެތީތަ ނޫނީ އަވަހަށް މިތަނުން ދާން ބޭނުންވީތަ.
އަމާނީ: ދެކަންތައްވެސް. އެހެންޏަ މިހީވަނީ އަލަށް އަންހެން ކުއްޖަކު ފެނިގެން އުޅޭހެންވިއްޔަ.
މިހެން ބުނެ ދެމީހުން އަވަސް އަރުވާލާފައި ކޮފީބޮއެ ނިންމާލައިގެން ގެއާދިމާލަށް ދިއުމަށް މިސްރާބް ޖެހިއެވެ. އަދި އެރުވެސް އަމާނީގެ ހިތުގައި ވަނީ އެ ރެސްޓޯީރެންޓް ފެނުނު ފިރިހެން ކުއްޖާގެ ތަސްވީރެއެވެ.
ޝާނީ ގެއަށް ލުމަށްފަހު އަމާނީވެސް ކާރަކަށް އަރައިގެން ގެއަށް ހިގައްޖެއެވެ. ގެއަށް ވަނުމާއެކު އަމީން ބުންޏެވެ.
އަމީން: ތިއައީ ދޯ. ދެންދޭ އަވަހަށް ދެއަތާ މޫނު ދޮވެލައިގެން ކާން އަންނަން.
އަމާނީ: އައްމު ނުކާނަން. މިއައީ އެއްޗެއް ކައިގެން. ޝާނީ ކޮފީއެއް ބޯން ހިނގާށޭ ބުނީމަ ދިޔައީ.
އަމީނާ: މަ ބުނީމެއް ނުން. ކީއްކުރަންތަ ބޭރުން ކެއީ. މަންމައަށް އޭރުވެސް އެނގޭ ބޭރަށް ގޮސްފިއްޔާ ކައިގެން ނޫނީ ތަނަކަށް ވަދެފަކަން އަންނާނީ.
އަމާނީ: ދެން މަންމާ. އައްމު މިއައީވެސް ކިހާ އަވަހަށް.
އަމީން: އާނ..އޯކޭ. ދެން ދޭ ނިދަން. މަންމަކިޔާ އެއްޗަކާ އެވަރަށް އަޅާނުލާ.
އަމާނީ: ތެންކް ޔޫ ބައްޕާ. މަންމަ ރުޅިއެއް ނާންނާނެ.
އަމީން މިހެން ބުނުމުން އަމާނީ ގޮސް ކޮޓަރިއަށް ވަނެއެވެ. އަދި ފާހާނާއަށްވެދެ މޫނު ދޮވެލުމަށްފަހު ނިދާ ހެދުން ބަދަލުކޮށްލައިގެން އެދުގައި އަރާ އޮށޯތެވެ. ނަމަވެސް އަމާނީގެ ލޮލަކަށް ނިންޖެއް ނައެވެ. އަދި ހިތާހިތުން ބުނެލެވުނެވެ. “ބައްޕަ އެހާ އަވަހަށް ނިދާށޭ ބުންޏަސް އަދި އެހާ ނިންޖެއް ނާދޭ. ދާންވީ ރޭގަ ކިޔަން އޮތް ވާހަކައިގެ ނުނިމިއޮތްބައި ކިޔާލަން. އޭރަށް ނިދި އަންނާނެކަންނޭނގެ.“ މިހެން ބުނެ ފޫހިގޮތަކަށް ޗަސް ކިޔާފައި މޫނު ވަތަށް ޖެހިއެވެ. އެވަގުތު ހިތަށް އެރިއެވެ.
“މިރޭ ކެފޭއިން އެފެނުނީ ކާކުބާ؟ އަހަންނަށްވެސް ވާގޮތް ދެން. ވެދާނެނު ކޮންމެ މީހަކަސް. އެކަމަކު އެއީ ވަރަށް އާ މޫނެއް. ދުވަހަކުވެސް ފިރިހެން ކުއްޖަކު ފެނިގެން މިކަހަލަ އިޙްސާސެއް ނުކުރެވޭ. އަނެއްކާ ކިހިނެއްބާ މިވަނީ. އޭނަ ހީވަނީވެސް ވާހަކަތަކުގަ އުޅޭ ފާޑު ހީރޯއެއްހެން. އެކަމަކު ފުރަތަމަ ފެނުނީމަ ހާދަ ފޫހިވިޔޭ.“ މިހެން ހިތާހިތުން ކިޔާލެވުނެވެ.
އިރުކޮޅެއްނުވެ އަމާނީގެ ފޯނު ރިންގުވާން ފެށިއެވެ. އެވަގުތު އަމާނީގެ ހިތަށް އެރިއެވެ. މީކާކުބާވައެވެ. މިއޮއްދަންގަޑީގަ ދުވަހަކުވެސް މީހަކު އަހަރެންނަކަށް ނުގުޅާނެއެވެ. މީ އަނެއްކާ ކާކުބާވައެވެ. ނުވެސް ދަންނަ ނަންބަރެކެވެ. މިހެން ހިތާ ގަޑިއަށް ބަލާލެވުނެވެ. މިހާރު ގަޑިން އެހެރަ އެގާރަ ޖެހީއެވެ. މިގަޑީގަ ދެން މީކާކު ބާވައެވެ. އެހެންވިޔަސް ވަރިހަމައެވެ. ކާކުތޯ ބަލާލަން ފޯނުނަގާނަމެވެ. މިހެން ހިތާ ފޯނު ނަގާ ހަލޯ އޭ ބުންޏެވެ. ކަމަކުދާކަށް ނެތެވެ. އަނެއްކޮޅުން ވާހަކަ ދައްކަނީ ނުދަންނަ ފިރިހެނެކެވެ.
އަމާނީ: ހަލޯ.
ފަޔާޒު: ހަލޯ. ކާކުބާ؟
އަމާނީ: ކާކު ހޯދަން ތިގުޅީ.
ފަޔާޒު: އަމާނީ.
ފަޔާޒުއަށް އަމާނީގެ ނަމާއި ފުރިހަމަ މަޢުލޫމަތު އެގޭތީ އަމާނީ ވަރަށް ހައިރާންވިއެވެ. އަދި ހައިރާންކަމާއެކު އަމާނީ ބުންޏެވެ.
އަމާނީ: އަމާނީ ވާހަކަދައްކަނީ. ތީ ކާކު؟
ފަޔާޒު: އަހަންނާ މެދު ވިސްނަން އޮތްއިރުވެސް އަޑުން ނޭގުނުތަ؟
ފަޔާޒު މިހެން ބުނުމުން އަމާނީ ބުންޏެވެ. އަހަރެން ވިސްނަން އޮތްކަމެއް ކަލެއަށް އެެގެނީ ކިހިނަކުން ހެއްޔެވެ. ތީ ކާކު ހެއްޔެވެ. ނަންނުބުނަންޏާ ފޯނު ބާއްވަނީ އޭ. އެހެންނޫނަސް ނުދަންނަ މީހުންނަކާ ވާހަކައެއް ނުދައްކަމޭ އަމާނީ ބުންޏެވެ. މިހެން ބުނުމުން ފަޔާޒު ފޯނު ނުބާއްވާ މަޑުކޮށްބަލާށޭ ފަޔާ ބުނަމުން ދިޔައެވެ.
ފަޔާޒު: މަޑުކޮށްބައްލަ. ނަން އަދި ބުނާނަމޭ. މަށަށް ކިޔަނީ ފަޔާޒު. އައްމު ބޭނުމިއްޔާ ފަޔާވެސް ކިޔިދާނެ.
އަމާނީ: ހްމްމްމް. ދެން ކިހިނެއް ހަދަންވީ؟ ތިގުޅާ ބޭނުން ބުނެދީބަލަ އެހެންވެއްޖެއްޔާ.
ފަޔާޒު: މިގުޅަނީ އައްމުއާ ވާހަކަ ދައްކަން. ފުރަތަމަ ފެނިލުމުންވެސް ފަޔާއަށް އައްމު ކަމުދިޔައީ. އެހެންވެ މިގުޅީ. މާދަމާ ގުޅާނަން. ވިސްނާލާފަ ޖަވާބެއް ބުނައްޗޭ.
މިހެން ބުނެ ފަޔާޒް ފޯނު ކަނޑާލިއެވެ. އެވަގުތު އަމާނީގެ ހިތަށް އެރިއެވެ. މީ ހާދަ ހެއްވާ ފިރިހެނެކެވެ. ހަމަގުޅިގޮތަށް ކަމުދާ ވާހަކައެވެ. ޝާނީއަށް ގުޅަން ވެއްޖެއެވެ. މިހެން ހިތާ ޝާނީއަށް ފޯނުކުރިއެވެ. އެވާހަކަތައް އަވަހަށް ޝާނީއަށް ކިޔައިދޭން ބޭނުންވިއެވެ. ހިތް ނުތަނަވަސްވެހުރެ ޝާނީ އާއި ވާހަކަދައްކަން ފެށިއެވެ.
އަމާނީ: ހަލޯ. ޝާނީ. ނިދަނީތަ.
މިހެން ބުނުމުން ޝާނީ ހީލަމުން ބުންޏެވެ.
ޝާނީ: އުނހު. ފިލްމެއް ބަލަނީމި. ކިހިނެއްވީ ހުވަފެނެއް ފެނުނީތަ؟
އަމާނީ: އާނ. ކެފޭއިން ފެނުނި މީހާގެ.
ޝާނީ: އަސްލު. ކިހިނެއްވީ ހުވަފެނުގަ؟
އަމާނީ: ކީއްތަ ނުވަނީ. އޭނަ ގުޅައިފިޔޭ ދެންމެ. އައްމު ވަރަށް ކަމުދެޔޯ. ދެން މާދަމާ ގުޅާނަމޯ ޖަވާބު ހޯދަން.
މިހެން އަމާނީ ބުނުމާއެކު ދިމާކުރާ ވައްތަރަކަށް ޝާނީ ބުނެލިއެވެ.
ޝާނީ: ހްމްހްމްހްމްހްމް. ކޮބާ އެންމެފަހުން ކިހިނެއްތިވީ؟ ލައިކްވެސްވޭ ދޯ.
އަދި ހީނގަތެވެ. އެވަގުތު ޝާނީ ބުންޏެވެ.
އަމާނީ: ދެން ޝާނީ. ބުނެބަލަ ކީކޭ ބުނާނީ. އޭނަ މާދަމާ ގުޅާނެ. އެއީ ރަގަޅު މީހެއްތަ އަނެއްކާ؟ އައްމުއަށް ހީވަނީ އައްމު އިންޓްރެސްޓް އެބަހުރިހެން.
ޝާނީ: ދެން ބަލާފަ ނޭނގޭދޯ. ހިއެއްނުވޭ އެހާ ގޯސް މީހެއްހެން. ކުޑަކޮށް ސްޕައިކޮށްލަން ޖެހޭނީ. ދެން އައްމުއަށް އެނގޭނީ ކަންތައްކުރަންވާގޮތް.
އަމާނީ: ހްމްމް. ދެން އެވާހަކަ ހުއްޓާލާ. ނިދާކަށްނުވޭތަ.
މިހެން ބުނުމުން ޝާނީ އާފުރެލަމުން ބުންޏެވެ.
ޝާނީ: ނޫނޭ ދެން ނިދަންވީ. މާދަން ގުޅާނަން ވީގޮތެއް ބަލާލަން އިނގޭ. މަށަށް ކޮފީ ދޭންޖެހޭނެ އިނގޭ.
އަމާނީ: ހްމްމް. އެއްކަލަ ކޮފީއާ އެޖެހުނީ. ގެއަށް އާދޭ. އޭރުން ކޮފީ ލިބޭނީ. ބޭރަކަށް ނުދާނަން. އައްމުވެސް ދެން ނިދަނީ އިނގޭ.
މިހެން ބުނެ އަމާނީ ފޯނު ކަނޑާލިއެވެ. އަދި އެރޭ އެދިމާވި ކަންތަކާ ފުންކޮށް ވިސްނާލުމަށްފަހު ހުވަފެނީ ދުނިޔެއަކަށް ގެބިގެންގޮސްފިއެވެ.
އަމާނީ ތެދުވަން ވާއިރަށް އަމީނާ ސައި ތައްޔާރުކުރުމުގެ މަސައްކަތުގައި އަވަދިނެތި ހަރަކާތްތެރިވަމުން ގެންދެއެވެ. އެރު ގަޑިން 9 ޖަހައިފިއެވެ. ކުއްލިއަކަށް ފޯނު ރިންގުވާއަޑަށް ސިއްސައިގެން އަމާނީ އަށް ހޭލެވިއްޖެއެވެ. އަދި ނިދި މޫޑުގައި އިނދެ ހިތާހިތުން ކިޔާލިއެވެ. މިއޮތް ހެދުނަ އަނެއްކާ ކާކުބާއެވެ. ނުނަގާނަމެވެ. އެކަމަކު…. ވެދާނެ ކޮންމެ މީހަކަށްވެސް ނަގަންވާނީ މިހެން ހިތަށް އަރައި ފޯނު ނަގައި ހަލޯ އޭ ބުންޏެވެ.
ނުނިމޭ……….