ވޯލްޑްކަޕް 2018: ފަހުވަގުތު މޮޅުވެ އާޖެންޓީނާ ދެވަނަ ބުރަށް

ފަހުވަގުތު މާކޮސް ރޯހޯ ކާމިޔާބުކުރި ލަނޑުން އާޖެންޓީނާ މޮޅުވެ މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ.

އާޖެންޓީނާ ދެވަނަބުރަށް ދަތުރު ކުރީ ނައިޖީރިއާ 1-2 ގެ ނަތީޖާއިން ބަލިކުރުމަށްފަހުގައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ގްރޫޕް ސްޓޭޖުގައި ކުޅުނު އެހެން މެޗުތަކާއި ހިލާފަށް މިރޭގެ މެޗުގައި އާޖެންޓީނާ ޓީމުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު މެޗުގެ 14 ވަނަ މިނެޓްގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. ބަނޭގާ ދިން ޕާހަކުން މި ގޯލު އާޖެންޓީނާ އަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން ލިއޮނަލް މެސީއެވެ. މެސީ މި ގޯލު ކާމިޔާބުކުރީ ނައިޖީރިއާގެ ޕެނަލްޓީއޭރިއާ ތެރެއަށް ވަނުމަށްފަހު ކީޕަރުގެ ބޯމަތިން ގޯލްގެ ކަނަށް ފޮނުވާލައިގެންނެވެ. މިއީ މިފަހަރުގެ ވޯލްޑް ކަޕްގައި މެސީ ކާމިޔާބުކުރި ފުރަތަމަ ގޯލެވެ.

މި ގޯލަށްފަހު ވެސް އާޖެންޓީނާ އިން ރަނގަޅަށް ކުޅެމުންދިޔައިރު، އެޓީމުން ވަނީ ނައިޖީރިއާގެ ގޯލަށް ނުރައްކާކޮށްފައެވެ. އެގޮތުން ހިގުއައިން ފޮނުވާލި ހަމަލާ ނައިޖީރިއާގެ ކީޕަރު ދިފާއުކުރިއިރު މެސީ ފޮނުވާލި ހިލޭޖެހުމެއް ވަނީ ގޯލުގެ އަރިމަތީ ދަނޑި އަށް އަމާޒުވެފައެވެ.

މި ނަތީޖާގައި އޮވެ މެޗުގެ ފުރަތަމަ ހާފް ނިންމާލިނަމަވެސް ފަހުހާފު ފެށިގެން މާ ގިނައިރުތަކެއް ނުވަނީ ލިބުނު ޕެނަލްޓީއަކުން ނައިޖީރިއާ ވަނީ ލަނޑެއް ޖަހާ ނަތީޖާ އެއްވަރުކޮށްފައެވެ. ލިބުނު ޕެނަލްޓީން މި ލަނޑު ކާމިޔާބުކޮށްދިނީ މޯސެސްއެވެ. މި ނަތީޖާއާއި އެކު މެޗު ނިމެންދަނިކޮށް އާޖެންޓީނާއިން މޮޅުވި ލަނޑު މެޗުގެ 86 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މާކޮސް ރޯހޯއެވެ. ރޯހޯ މި ލަނޑު ކާމިޔާބުކުރީ މަކާޑޯ ގޯލް ކުރިމައްޗަށް ހުރަސްކުރި ބޯޅަ މަޑުވެސް ކޮށްނުލާ ގޯލްގެތެރެއަށް ފޮނުވާލައިގެންނެވެ.

މި މޮޅާއެކު އާޖެންޓީނާ ދެވަނަ ބުރަށް ދަތުރުކުރީ ގްރޫޕް ޑީގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އެޓީމަށް ކުޅުނު ތިން މެޗުން ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. މި ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދަތުރުކުރީ ކްރޮއޭޝިޔާއެވެ. އެޓީމު ވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށް ނުވަ ޕޮއިންޓު ހޯދާފައެވެ. މުބާރާތުން ކެޓި ނައިޖީރިޔާ އަށް ތިން ޕޮއިންޓާއެކު ލިބުނީ ގްރޫޕްގެ ތިންވަނައެވެ. ގްރޫޕްގެ ފުލަށްދިޔަ އައިސްލޭންޑަށް ލިބުނީ އެންމެ ޕޮއިންޓެކެވެ.

ދެވަނަ ބުރުން އާޖެންޓީނާ ޖާގަކަށަވަރުކުރިއިރު، އެޓީމު ދެވަނަ ބުރުގައި ބައްދަލުކުރަންޖެހޭނީ ފްރާންސްއާއެވެ. ފްރާންސް އަދި އާޖެންޓީނާ ބައްދަލުކުރާ މި މެޗު ކުޅޭނީ މިމަހުގެ 30 ވަނަ ދުވަހުގެ ރޭ ރާއްޖޭ ގަޑިން 7:00 ގައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.