ވޯލްށްކަޕް 2018: ދުނިޔޭގެ ޗެމްޕިއަން ކޮރެއާއަތުން ބަލިވެ މުބާރާތުން ކަޓައިފި

ދެކުނު ކޮރެޔާ އަތުން ބަލިވެ، ވޯލްޑް ކަޕްގެ އެންމެފަހުގެ ޗެމްޕިއަނުން ކަމަށްވާ ޖާމަނީ މުބާރާތުން ކަޓައިފިއެވެ.

ޖަރުމަނު ކޮރެއާއަތުން ބަލިވެ މުބާރާތުން ކެޓީ މިރޭ ކުޅުނު މެޗުން 0-2 ގެ ނަތީޖާއިން ބަލިވެގެންނެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިރޭގެ މެޗުން ބަލިވެ މުބާރާތުން ޖަރުމަނު ކެޓިއިރު، ގްރޫޕް ސްޓޭޖުގައި އެޓީމު ކުޅުނު ތިން މެޗުން ލިބިފައިވަނީ އެންމެ ތިން ޕޮއިންޓެވެ. އެހެން ކަމުން އެޓީމު އޮތީ ގްރޫޕް އެފްގެ ފުލުގައެވެ. ޖަރުމަނުގެ މައްޗަށް ކުރި ހޯދި ކޮރެޔާ މުބާރާތް ނިންމާލީ ތިން ޕޮއިންޓާއެކު ގްރޫޕް އެފްގެ ތިންވަނައިގައި އޮވެއެވެ. ކޮރެޔާ އަށް ގްރޫޕްގެ ކުރި ލިބުނީ ގޯލުގެ ތަފާތުންނެވެ.

ޖަރުމަނުން ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވާއިރު މި ހާފުގައި ގޯލެއް ކާމިޔާބުކުރުމަށް ދެ ޓީމުންކުރެ ޓީމަކަށް މާ ރަނގަޅު ފުރުސަތެއް ވެސް ލިބިފައެއް ނުވެއެވެ. ނަމަވެސް އެއާ ހިލާފަށް ދެވަނަ ހާފްގައި ޖަރުމަނުން ދިޔައީ ކުޅުން ރަނގަޅުކޮށް ކޮރެޔާގެ ގޯލަށް ކައިރިކައިރީގައި ނުރައްކާ ކުރަމުންނެވެ.

އެގޮތުން ގޮމޭޒް ބޮލުން ފޮނުވާލި ހަމަލާއެއް ކޮރެޔާގެ ކީޕަރު ދިފާއުކުރިއިރު، ކޮރެޔާގެ ޕެނަލްޓީއޭރިއާ ތެރޭ މުޅިން ހުހަށް ހުރެ ހުމެލްސް ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ. މީގެއިތުރުން ތޯމަސް މުލާ ވެސް ވަނީ ކޮރެޔާގެ ގޯލަށް ހަމަލާއެއް ފޮނުވާލާފައެވެ.

ގޯލެއް ކާމިޔާބުކުރުމަށް ޖަރުމަނުން ވަރަށް ބޮޑަށް ކުރިއަށް ޖެހިލައިގެން ކުޅުނުއިރު ކައުންޓަ އެޓޭކުތަކުގައި ކޮރެޔާ އިން ވެސް ދިޔައީ ފުރުސަތުތައް ތަނަވަސްކުރަމުންނެވެ. އެގޮތުން މެޗުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަ މިނެޓްގެ ތެރެއިން ހަތަރުވަނަ މިނެޓްގައި ޔަންގް ގްވޮން ކިމް ވަނީ ވަނީ އެޓީމަށް ލީޑު ނަގާދީފައެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ ޖަރުމަނުގެ ޕެނަލްޓީއޭރިއާ ތެރޭ މުޅިން ހުހަށް ހުރެ ފޮނުވާލި ހަމަލާއަކުންނެވެ. އަދި މެޗުގެ ފަހު މިނެޓްގައި ސޮން ވަނީ ކޮރެޔާގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީ ޖަރުމަނު މުބާރާތުން ކަޓުވާލާފައެވެ.

ޖަރުމަނު މުބާރާތުން ކެޓިއިރު އެންމެފަހުން ވޯލްޑް ކަޕް ކާމިޔާބުކުރި ހަތަރު ޓީމުގެ ތެރެއިން ތިން ޓީމެއް މީގެކުރިން ވެސް ގްރޫޕް ސްޓޭޖާ ހިސާބުން މުބާރާތާއި އަލްވަދާއު ކިޔަން ޖެހިފައިވާކަން ފާހަގަކޮށްލެވެއެވެ. އެއީ ފްރާންސް އާއި އިޓަލީ އަދި ސްޕެއިންއެވެ.

މި ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކުރީ ސްވިޑެންއެވެ. އެޓީމަށް ވަނީ ކުޅުނު ތިން މެޗު ހަ ޕޮއިންޓު ލިބިފައެވެ. ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދަތުރުކުރީ މެކްސިކޯ ކަމަށްވާއިރު އެޓީމަށް ވެސް ލިބުނީ ހަ ޕޮއިންޓެވެ. ގްރޫޕްގެ އެއްވަނަ ސްވިޑެން އަށް ލިބުނީ ގޯލުގެ ތަފާތުންނެވެ.

މި ގްރޫޕްގައި މިރޭ ސްވިޑެން އިން ވަނީ މެކްސިކޯގެ މައްޗަށް 0-3 އިން ކުރި ހޯދާފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.