ޓީއެފްޖީ ގާލާރ ރަންގައި ބައިވެރިވުމުގެ މުއްދަތު މިއަދު ހަމަވަނީ..

ޓޯޓަލް ފިޓްނެސް ގްރޫޕް (ޓީއެފްޖީ) އިން ކޮންމެ އަހަރެއްގެވެސް ރާއްޖޭގެ މިނިވަން ދުވަހާއި ގުޅުވައިގެން ބާއްވަމުން އަންނަ ގާލާރ ރަން (ކަލަރ ރަން) ގައި ބައިވެރިވުމުގެ މުއްދަތު މިއަދު ހަމަވާނެ ކަމަށް ޓީއެފްޖީ އިން ބުނެފިއެވެ.

ޓީއެފްޖީ އިން ބުނީ ގާލަރ ރަން (ކަލަރ ރަން) މި ޖުލައިމަހުގެ 26 ވާ ބްރާސްފަތި ދުވަހު ހުޅުމާލޭގައި އޮންނާނެ ކަމަށެވެ. އަދި ދުވުން އޮންނާނީ ހެނދުނު ކަމަށެވެ.

އިޝްތިހާރު full width ad 1200 x 150

ތަފާތު އެކިކަންކަން ފާހަގަކުރުމަށް މަޖާދުވުމެއްގެ ގޮތުގައި ދުނިޔޭގެ ގިނަ ޤައުމުތަކެއްގައިވެސް ބާއްވާ މި ދުވުމުގައި ބައިވެރިވުމަށް މިއަހަރު 450 ރުފިޔާ ނެގުމަށް ނިންމާފައިވާ އިރު، މިއަހަރުވެސް ވޯޓަރ ސްޓޭޝަންތަކުގެ ބަދަލުގައި ހުންނާނީ ކަލަރ ސްޓޭޝަންތަކެވެ. އަދި އެކި ދުވުން ފަށާނީ އެކި ގަޑިތަކުގައެވެ.

5 ކިލޯމީޓަުގެ ރާސްތާއެއް ދުވަންޖެހޭ އިރު، މިއީ ވަކި ގަޑިއަކަށް ނިންމަންޖެހޭ ޕްރޮފެޝަނަލްކޮށް ޓައިމްބަލައިގެން ދުވާ ދުވުމެއްނޫނެވެ. ހިނގާފަ، ދުވެފަ، ޖޮގްކޮށްފަ އަދި މަޖާ ތަފާތު އެކި ގޮތްގޮތަށްވެސް މި ދުވުން ފުރިހަމަކުރެވޭނެއެވެ.

މި ދުވުމުގައި ބައިވެރިވާން ބޭނުން ފަރާތްތަކުން ޓީއެފްޖީ ވެބްސައިޓް މެދުވެރިކޮށް އަދި އެތަނަށް ގޮސްގެން ރެޖިސްޓްރީ ކުރުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާ އިރު، ދުވުން ނިންމާ ފަރާތްތަކަށް މިއަހަރުވެސް މެޑެލްދިނުމަަށްވަނީ ނިންމާފައެވެ.

މި އިވެންޓުގެ އެކްސްޕޯރ ބޭއްވުމަށް ނިންމާފައިވަނީ މާދަމާ ހެނދުނު 09:00 އިން ރޭގަނޑު 21:00 އަށް ޓީއެފްޖީ ގައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.