ކެރިއަރ އެކްސްޕްލޮރޭޝަން ފީލްޑް ވިޒިޓް ބާއްވައިފި
ކެރިއަރ އެކްސްޕްލޮރޭޝަން ފީލްޑް ވިޒިޓް މިއަދު ބާއްވައިފިއެވެ.
މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އިން އިންތިޒާމް ކޮށްގެން ޒުވާނުންނަށް އަމާޒުކޮށް ހިންގަމުންގެންދާ ކެރިއަރ އެކްސްޕްލޮރޭޝަން ފީލްޑް ވިޒިޓްގެ މިއަހަރުގެ 4 ވަނަ ކެރިއަރ އެކްސްޕްލޮރޭޝަން ޕްރޮގްރާމް ބާއްވާފައިވަނީ އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލާއި ގުޅިގެން އެ ހޮސްޕިޓަލުގައެވެ.
މިއީ ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ޓޫރިޒަމް، ޓްރާންސްޕޯޓް، މެޑިކަލް، ކޮންސްޓްރަކްޝަން އަދި ސޯޝަލް ސެކްޓަރ ފަދަ ސެކްޓަރތަކުގައި ހުރި ވަޒީފާގެ ފުރުޞަތުތަކާއި ތަފާތު ދާއިރާތަކުން ކުރިއަށް ދެވެންހުރި ރޮނގުތަކާއި ބެހޭގޮތުން ޒުވާނުންނަށް މަޢުލޫމާތު ފޯރުކޮށްދީ ވަޒީފާގެ މާޙައުލާއި މެދު ހޭލުންތެރިކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
ކެރިއަރ އެކްސްޕްލޮރޭޝަން ޕްރޮގުރާމްގެ ތެރެއިން ރާއްޖޭގެ އެކި އެކި ސެކްޓަރތަކުގައި ހަރަކާތްތެރިވާ ކުންފުނި/މުއައްސަސާތަކުގެ މަސައްކަތްތަކާއި ބެހޭ މަޢުލޫމާތު، އަލަށް ވަޒީފާގެ ބާޒާރަށް ނިކުތުމަށް ތައްޔާރުވާ ޒުވާނުންނަށް ލިބިގެންދިއުމަކީ އެފަރާތްތަކުގެ ވަޒީފާގެ ކުރިއެރުމަށް ނުހަނު ފައިދާ ކުރާނެ ކަމެކެވެ.
މި ޕްރޮގްރާމް ހިންގުމަށް ރާވައިފައިވަނީ ކުންފުނި/މުއައްސަސާގެ މަސައްކަތްތަށް ބައިވެރިންނަށް ދައްކައި މަޢުލޫމާތު ދިނުމާއި މަސައްކަތުގެ މާހައުލުން ތަފާތު ދާއިރާތަކުގެ ބޭފުޅުންނާއި ބައްދަލުވެ އެ ދާއިރާތަކުގެ މައުލޫމާތު ބައިވެރިންނާއި މައުލޫމާތު ހިއްސާކުރާގޮތަށެވެ.
ގިނަ ޒުވާނުންތަކެއް ވަނީ މި ޕްރޮގްރާމްގައި ބައިވެރިވެފައެވެ.