މެރިއޮޓްގެ ވެސްޓިން ބްރޭންޑުގެ ރާއްޖޭގައި ހުޅުވާ ފުރަތަމަ ރިސޯޓު އޮކްޓޯބަރ މަހު…

މެރިއޮޓްގެ ވެސްޓިން ބްރޭންޑުގެ ރާއްޖޭގައި ހުޅުވާ ފުރަތަމަ ރިސޯޓު އޮކްޓޯބަރގައި ހުޅުވަން ނިންމައިފިއެވެ.

ބ. އަތޮޅު މިރިއަންދޫގައި ތަރައްޤީކުރަމުން އަންނަ މަތީފެންވަރުގެ މި ރިސޯޓުގައި ރިސޯޓުގައި 70 ވިލާ ހުންނަ އިރު، އޭގެ ތެރޭގައި 29 ވޯޓަރ ވިލާ (މޫދު ކޮޓަރި) ހިމެނެއެވެ. އަދި މިރިއަންދޫގައި ތިން ރެސްޓޯރެންޓާއި ރޫފްޓޮޕް ބާރ އެއް ހުންނަ އިރު، އެ ރެސްޓޯރެންޓުތަކުން ދިވެހި ކެއުންތަކާއި އިންޑިއަން، ޗައިނީސް، ޖަޕާން އަދި އޭޝިއާގެ ރަހަތައް ލިބެންހުންނާނެއެވެ.

އިޝްތިހާރު full width ad 1200 x 150

މީގެއިތުރުން ވެސްޓިން ބްރޭންޑްގެ މަޝްހޫރު ”ހެވަންލީ ސްޕާރ“ އާއި ”ވެސްޓިންގ ވޯކްއައުޓް“ ފިޓްނަސް ސެންޓަރަކާއި ވެސްޓިންގ ކިޑްސް ކްލަބެއްވެސް އެ ރިސޯޓުގައި ހުންނާނެއެވެ.

އިޓަލީގެ މަޝްހޫރު ޕީއީއައިއޭ އެސޯސިއޭޓީން ފަރުމާކޮށްފައިވާ އެ ރިސޯޓް ތަރައްޤީ ކުރީ ޖަޕާނުގެ ބެލޫނާ ކޯ ލިމިޓެޑާއި ސްރީލަންކާގެ އޭޝިއާ ކެޕިޓަލް ޕީއެލްސީންނެވެ.

މަޝްހޫރު ޔުނެސްކޯ ބަޔޮސްފިޔަރ ރިޒަރވެއް ކަމަށްވާ ބ. އަތޮޅުގައި މެރިއޮޓުން މި ރިސޯޓު ހުޅުވާ އިރު، ވެސްޓިންގ މޯލްޑިވްސް މިރިއަންދޫއަކީ ރާއްޖޭގައި މިހާރުވެސް މަތީފެންވަރުގެ ގިނަ ރިސޯޓްތަކެއް ހިންގަމުން އަންނަ ބައެކެވެ.

މި ރިސޯޓުގެ އިތުރުންވެސް މި އަހަރުގެ އޮކްޓޯބަރ މަހު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގިނަ ރިސޯޓުތަކެއް ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ. އޭގެތެރޭގައި ރ. މުރަވަންދޫގައި ތަރައްޤީ ކުރަމުން އަންނަ 73 ކޮޓަރީގެ ޖޯއަލި މޯލްޑިވްސް އާއި ދ. އަލުވިފުށީގައި ތަރައްޤީ ކުރަމުން އަންނަ 125 ކޮޓަރީގެ ސަން އަކުވާ އިރުވެލި ހިމެނެއެވެ.

މީގެއިތުރުން ރ. ފަސްމެންދޫގައި ތަރައްޤީ ކުރަމުން އަންނަ 120 ކޮޓަރީގެ އެމާލެންޑް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާރ އާއި އެނބޫދޫ ފަޅު ޕްރޮޖެކްޓުގެ ދަށުން ހުޅުވަން ހަމަޖެހިފައިވާ 178 ކޮޓަރީގެ ހާޑްރޮކް ހޮޓެލް މޯލްޑިވްސް އަކީވެސް އޮކްޓޫބަރުގެ ތެރޭގައި ހުޅުވާނެ މަޢުލޫމާތު ލިބިފައިވާ ރިސޯޓުތަކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.