ސާފް ސުޒުކީ ކަޕް 2018: މުބާރާތުގެ ސެމީފައިނަލް މެޗުތަށް އަންނަ ބުދަ ދުވަހު

މިހާރު އަވަށްޓެރި ބަނގުލަދޭޝްގައި ކުރިޔަށްދާ ސާފް ސުޒުކީ ކަޕް ފުޓްބޮޅަ މުބާރާތުގެ ގްރޫޕްސްޓޭޖް ނިމި ސެމީފައިނަލް އަންނަ ބުދަ ދުވަހު ކުޅޭނެއެވެ.

ސާފް ސުޒުކީ ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލްގެ ދެ މެޗުވެސް  ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހުގައެވެ. އެގޮތުން ސެމީފައިނަލްގެ ފުރަތަމަ  މެޗު ކުޅޭނީ އެދުވަހު ރާއްޖޭ ގަޑިން މެންދުރު ފަހު 3:00 ގައެވެ. އަދި ދެވަނަ ސެމީފައިނަލް މެޗު ކުޅޭނީ ބުދަދުވަހު ރާއްޖޭ ގަޑިން 6:00 ގައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އެގޮތުން މެންދުރު ފަހު 3:00 ގައި ކުޅޭ ސެމީފައިނަލްގެ ފުރަތަމަ މެޗުގައި  ބައްދަލުކުރާނީ ގްރޫޕް ބީގެ ދެވަނަ ޓީމުގެ ގޮތުގައި ސެމީފައިނަލަށް ދިޔަ ދިވެހިރާއްޖެއާއި ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީފައިނަލަށް ދިޔަ ނޭޕާލެވެ.

ރާއްޖޭ ގަޑިން ހަވީރު 6:00 ގައި ކުޅޭ ސެމީފައިނަލް ދެވަނަ މެޗުގައި ބައްދަލުކޔރާނީ ގްރޫޕް ބީގެ އެއްވަނަ ހޯދައިގެން ސެމީއަށް ދަތުރުކުރި މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުން ކަމުފގައިވާ އިންޑިޔާ އަދި ގްރޫޕް އޭގެ ދެވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދަތުރުކުރި ޕާކިސްތާނެއެވެ.

ދިވެހިރާއްޖެ – ނޭޕާލް

ސްޓޭޑިއަމް: ސުގަތަދާސާ ސްޓޭޑިއަމް، ޑާކާ

ގަޑި: 1500 (ރާއްޖެ ގަޑި)

ދިވެހި ރާއްޖެ ސެމީއަށް ދަތުރު ކުރި ގޮތް

ސާފް ސުޒުކީ ކަޕް 2018 ގެ ސެމީފައިނަލުން ރާއްޖެ އަށް ފުރުޞަތު ލިބުނީ އަވައްޓެރި ސްރީ ލަންކާއާ ދެކޮޅަށް ކުޅެ 0-0 ގެ ނަތީޖާއިން އެއްވަރުވެ އިންޑިޔާއާ ދެކޮޅަށް ކުޅުނު މެޗުން 0-2 އިން ބަލިވެގެން، ޕޮއިންޓުގެ ގޮތުންނާއި ބައިކޮޅަށް ވަތް ގޯލުގެ ގޮތުންވެސް ސްރީ ލަންކާއާ އެއްވަރުވެ ގުރުއަތު ނަގައިގެން ގްރޫޕް ބީގެ ދެވަނަ ޓީމުގެ ގޮތުގައެވެ.

ރާއްޖެ ކުޅުނު މެޗުތަކުގެ ނަތީޖާތަށް

ރާއްޖެ – ސްރީ ލަންކާ  ( 0-0 )

ރާއްޖެ – އިންޑިޔާ  (0-2 )

ލިބުނު ޕޮއިންޓް: 1

ޖެހި ގޯލު: ނެއް

ބައިކޮޅަށް ވަތް ގޯލު: 2

 

ނޭޕާލް ސެމީއަށް ދަތުރުކުރި ގޮތް

ސާފް ސުޒުކީ ކަޕް 2018 ގެ ސެމީއަށް ނޭޕާލް ދަތުރުކުރީ އެޓީމު ހިމެނޭ ގްރޫޕް އޭގައި ކުޅުނު ތިން މެޗުގެތެރެއިން ތެރެއިން ދެ މެޗުން މޮޅުވެ  ޖުމްލަ 6 ޕޮއިންޓާއެކު ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައެވެ.

ނޭޕާލް ކުޅުނު މެޗުތަކުގެ ނަތީޖާތަށް

ނޭޕާލް – ޕާކިސްތާން ( 1-2 )

ނޭޕާލް – ބަނގުލަދޭޝް (2-0 )

ނޭޕާލް – ބޫޓާން (4-0 )

ލިބުނު ޕޮއިންޓް: 6

ޖެހި ގޯލް: 7

ބައިކޮޅަށް ވަތް ގޯލު: 2

 

ރާއްޖެ އަދި ނޭޕާލް ގެ ކުރީގެ ބައްދަލުކުރުންތަށް

ދިވެހިރާއްޖެ އާއި ނޭޕާލް މީގެ ކުރިން 14 ފަހަރު ބައްދަލުކޮށްފައިވެއެވެ. އޭގެ ތެރެއިން 7 ފަހަރު ނޭޕާލް މޮޅުވެފައިވާއިރު، ރާއްޖެ އަށް މޮޅުވެވިފައިވަނީ އެންމެ 4 ފަހަރުއެވެ. އަނެއް 4 މެޗު ނިމިގެންގޮސްފައިވަނީ އެއްވަރުވެގެންނެވެ. މި ދެޓީމު އެންމެ ފަހުން ބައްދަލުކޮށްފައިވަނީ 2012 ވަނަ އަހަރު އެކުވެރިކަމުގެ މެޗެއްގައެވެ. މި މެޗު 1-2 ގެ ނަތީޖާއިން ކާމިޔާބުކޮސްފައިވަނީ ރާއްޖެއެވެ.

 

އިންޑިޔާ – ޕާކިސްތާން

ސްޓޭޑިއަމް: ސުގަތަދާސާ ސްޓޭޑިއަމް، ޑާކާ

ގަޑި: 1800 (ރާއްޖެ ގަޑި)

 

އިންޑިޔާ މުބާރާތުގެ ސެމީއަށް ދަތުރުކުރި ގޮތް

 ސާފް ސުޒުކީ ކަޕް 2018 ގެ ސެމީފައިނަލަށް އިންޑިޔާ ދަތުރުކުރީ އެޓީމު ގްރޫޕް ސްޓޭޖުގައި ކުޅުނު 2 މެޗުން ވެސް ކޮޅުވެގެން ޖުމްލަ 6 ޕޮއިންޓާ އެކުގައި ގްރޫޕް ބީ ގެ އެއްވަނަ ޓީމުގެ ގޮތުގައެވެ.

އިންޑިޔާ ކުޅުނު މެޗުތަކުގެ ނަތީޖާތަށް

އިންޑިޔާ – ސްރީ ލަންކާ  (2-0 )

އިންޑިޔާ – ރާއްޖެ (2-0 )

ލިބުނު ޕޮއިންޓުގެ އަދަދު: 6

ޖެހި ގޯލުގެ އަދަދު: 4

ބައިކޮޅަށް ވަތް ގޯލުގެ އަދަދު: ނެތް

 

ޕާކިސްތާން މުބާރާތުގެ ސެމީފައިނަލަށް ދަތުރުކުރި ގޮތް

ސާފް ސުޒުކީ ކަޕް 2018 ގެ ސެމީފައިނަލުން ޕާކިސްތާން ފުރުޞަތު ހޯދާފައިވަނީ ގްރޫޕް ސްޓޭޖުގައި އެޓީމު ކުޅުނު ތިން މެޗުގެ ތެރެއިން ދެމެޗުން މޮޅުވެ ޖުމްލަ 6 ޕޮއިންޓާއެކު ގްރޫޕް އޭގެ ދެވަނަ ޓީމުގެ ގޮތުގައެވެ.

ޕާކިސްތާނު ކުޅުނު މެޗުތަކުގެ ނަތީޖާތަށް

ޕާކިސްތާން – ނޭޕާލް (2-1 )

ޕާކިސްތާން – ބަނގުލަދޭޝް (0-1 )

ޕާކިސްތާން – ބޫޓާން (3-0 )

ޖުމްލަ ޕޮއިންޓުގެ އަދަދު: 6

ޖެހިގޯލުގެ އަދަދު: 5

ބައިކޮޅަށް ވަތް ގޯލުގެ އަދަދު: 2

 

ދެޓީމުގެ ކުރީގެ ބައްދަލުކުރުންތަށް

އިންޑިޔާ އަދި ޕާކިސްތާން ވަނީ މީހެ ކުރިން 23 ފަހަރެއްގެ މަތިން ބައްދަލުކޮށްފައެވެ. އޭގެތެރެއިން 10 ފަހަރު އިންޑިޔާ މޮޅުވެފައިވާއިރު ޕާކިސްތާނަށް މޮޅުވެވިފައިވަނީ އެންމެ 3 ފަހަރުއެވެ. އަދި 10 މެޗު ވަނީ އެއްވަރުވެގެންނިމިފައެވެ.

މި ދެޓީމު އެންމެ ފަހުން ބައްދަލުކޮށްފައިވަނީ 2013 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައެވެ. މި މެޗު 0-1 ގެ ނަތީޖާއިން ކާމިޔާބުކޮށްފައިވަނީ އިންޑިޔާއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.