ޔޫއެފާ ނޭޝަންސް ލީގް 2018: ސްޕެއިނުން ކްރޮއޭޝިޔާ ލަދުގަންނަވާލައިފި

މިއަހަރު ޔޫއެފާއިން އަލަށް ތައާރަފް ކޮށްގެން ކުރިޔަށް ގެންދާ ޔުއެފާ ނޭޝަންސް ލީގުގައި ރޭ، އެންމެފަހުގެ ވޯލްޑް ކަޕްގެ ރަނަރަޕްކަން ހޯދި ކްރޮއޭޝިޔާއާ ތަފާތު ބޮޑު ނަތީޖާއަކުން ސްޕެއިނުން ބަލިކޮށްފިއެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗު ސްޕެއިނުން ކާމިޔާބު ކުރީ 0-6 ގެ ބޮޑު ނަތީޖާއަކުންނެވެ.

ސްޕެއިންގެ ދަނޑުގައި ރޭގަ ކުޅުނު މި މެޗުގައި އެޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު ކަވަހާލް ނަގައިދިން ހުރަހަކުން މެޗުގެ 24 ވަނަ މިނެޓްގައި ސައުލް ވަނީ ސްޕެއިނަށް ލީޑު ނަގާދީފައެވެ. މެޗުގެ 33 ވަނަ މިނެޓްގައި ދުރުން ފޮނުވާލި ހަމަލާއަކުން ސްޕެއިންގެ ދެވަނަ ގޯލު އެސެންސިއޯ ކާމިޔާބުކުރިއިރު އޭގެ ދެ މިނެޓްފަހުން ސްޕެއިނުން ވަނީ ތިންވަނަ ގޯލު ކާމިޔާބުކޮށްފައެވެ. މި ގޯލަކީ ކްރޮއޭޝިޔާގެ ކީޕަރު އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ތިން ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް ސްޕެއިނުން ނިންމާލިއިރު ދެވަނަ ހާފް ފެށިގެން މާގިނަ އިރުތަކެއް ނުވަނީސް ރޮޑްރިގޯ ވަނީ އެޓީމުގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. ސްޕެއިންގެ ފަސްވަނަ ގޯލު މެޗުގެ 57 ވަނަ މިނެޓްގައި ސާޖިއޯ ރާމޯސް ކާމިޔާބުކޮށްދިންއިރު އެޓީމުގެ ފަހު ގޯލު މެޗުގެ 70 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އިސްކޯއެވެ.

ތަފާތު ބޮޑު ނަތީޖާއަކުން ކްރޮއޭޝިޔާ ބަލިވިއިރު މިއީ އެޓީމުގެ ތާރީހުގައި ވެސް މިހާ ބޮޑު ތަފާތަކުން ބަލިވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

ޔުއެފާ ނޭޝަންސް ލީގުގައި ހަތަރު ފަންތީގެ ހަތަރު ލީގެއް އޮންނައިރު ރޭގެ މޮޅާއެކު ކުޅުނު ދެ މެޗުން ވެސް މޮޅުވެ ސްޕެއިން މިހާރު އޮތީ މުބާރާތުގެ އެންމެ ވަރުގަދަ ޓީމުތައް ހިމެނޭ ލީގު ކަމަށްވާ އޭ ލީގުގެ ގްރޫޕް ހަތަރެއްގެ އެއްވަނައިގައެވެ. މި ގްރޫޕްގައި ދެން ހިމެނޭ ކްރޮއޭޝިޔާ އާއި އިންގްލޭންޑް މިހާތަނަށް ކުޅެފައިވަނީ އެންމެ މެޗެއް ކަމަށްވާއިރު އެ ދެ ޓީމަށް ވެސް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

ނޭޝަންސް ލީގުގައި ހަތަރު ފަންތީގެ ހަތަރު ލީގެއް އޮންނައިރު ކޮންމެ ލީގެއްގައި ހިމެނެނީ ތިން ޓީމު ހިމެނޭ ހަތަރު ގްރޫޕެވެ. އެ ހަތަރު ގްރޫޕުގެ އެއް ވަނަ ހޯދާ ޓީމުތަކުގެ މެދުގައި އިތުރު މުބާރާތެއް އަންނަ އަހަރުގެ ޖޫން މަހު އޮންނާނެއެވެ. އެ މުބާރާތް ފަށާނީ ސެމީފައިނަލާއި ހިސާބުންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.