އުސްރަތުލް ޤުރްއާން ކުލާހުން ވަނަތައް ހޯދި ދަރިވަރުންނަށް އެވޯޑް ޙަވާލުކޮށްފި

ބ. ދަރަވަންދޫ އުސްރަތުލް ޤުރްއާން ކުލާހުން ވަނަތައް ހޯދި ދަރިވަރުންނަށް އެވޯޑް ޙަވާލުކޮށްފޮށްފިއެވެ.

މި ޙަފުލާ ބ. އަތޮޅު މަދަރުސާގައި އިއްޔެ ހަވީރު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތުގައި ތަފާތު އެކި ބައިތަކުން 150 އެއްހާ ކުދިންނަށް ވަނީ އިނާމާއި ޓްރޮފީ ޙަވާލުކޮށްފައެވެ.

އިޝްތިހާރު full width ad 1200 x 150

އެގޮތުން ޢަންމާފޮތް ހިފްޒްކުރި 19 ކުދީންނަށް އެވޯޑާއެކު 500 ރުފިޔާގެ ފައިސާގެ އިނާމު ދީފައިވާ އިރު، ތަބާރަ ފޮތް ހިފްޒު ކޮށްގެން އެވޯޑް ޙާޞިލުކުރި  ދެ ކުއްޖަކަށް ވަނީ 1000ރ ދީފައެވެ.

މީގެ އިތުރުން ޤުރުއާން ކްލާހުން ނަމާދު ހާޟިރީން އެއްވަނަ ހޯދި ބާސިމް އަހްމަދު ރަޝީދަށް ވަނީ އެވޯޑާއެކު 1500ރ. ގެ ފައިސާ ގެ އިނާމެއް ދީފައެވެ. އަދި ދެވަނަ ހޯދި މުޙައްމަދު ޔޫޝަޢު އަށް 1،000ރ. ގެ އިނާމު، ތިންވަނައަށް ދިޔަ ބައްސާރު އަހްމަދު ރަޝީދަށް 500ރ. ގެ ފައިސާގެ އިނާމު ވަނީ ދީފައެވެ.

މި ރަސްމިއްޔާތުގައި ޚާއްޞަ އެވޯޑް ލިބުނު ދަރިވަރުންނަށް އިނާމާއި އެވޯޑް ޙަވާލުކޮށްދެއްވީ ޝަރަފުވެރި މެހެމާން ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒްގެ ޑީން ޝެއިޚް ޢަލީ ޒާހިރު އާއި ޢަލީ ރަމީޒު އާއި އުސްރަތު ޤުރުއާން ކުލާހުގެ ބާނީ މުހައްމަދު ތައުފީޤު އެވެ.

އެވޯޑް ހަފްލާ ގައި ވާހަކަ ދައްކަވަމުން އަލީ ޒާހިރު ވިދާޅުވީ ކީރިތު ޤުރުއާނާ ނަމާދާއި އަދި ހެޔޮކަންކަމުގައި އަޅުގަނޑުމެންގެ ދަރިން ބައިތިއްބުމަކީ މާދަމާ އެކުދިންގެ މުސްތަގުބަލު ރަނގަޅަށް ކުރަހައިދިނުން ކަމަށެވެ.

އެ ރަސްމިއްޔާތުގައި ޤާރީ ކޯސް ލެވެލް 1 ފުރިހަމަކުރި ބައިވެރިންނަށްވެސް ވަނީ ސެޓްފިކެޓް ދީފައެވެ.

ދަރަވަންދޫ ފެލެމީ އިންވެސްޓްމަންޓުގެ ދަށުން ހިންގަމުން އަންނަ ފެމެލީ ސްޓާރގެ ފަރާތުން އެރަށުގައި މިދިޔަ އަހަރު ހުޅުވި ޤުރްއާން ކްލާހުގައި ތަޖުރިބާ ހުރި ޤާބިލު މުދައްރިސުން ކިޔަވައިދެމުން އަންނަ އިރު، ޤުރްއާން ކްލާހުގައި 150 އެއްހާ ދަރިވަރުން ވަނީ ރަޖިސްޓްރީކޮށްފައެވެ.

މީގެ އިތުރުން އިންސްޓިޓިއުޓު އޮފް ޤުރްއާން ސްޓަޑީޒް އާ ގުޅިގެން އެތަނުގައި ޤާރީ ކޯސްތައްވެސް އަންނަނީ ހިންގަމުންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.