ހަރުފަތަކަށްފަހު ހަރުފަތެއް ގިރާ ކުރަމުން އައިސް ދިރާގުން 5ޖީގެ ޑެމޯ ދައްކާލައިފި

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި މުވާސަލާތީ އަދި ޑިޖިޓަލް ޚިދުމަތް ދެމުންއަންނަ ދިރާގުން ހަރުފަތަކަށްފަހު ހަރުފަތެއް ގިރާ ކުރަމުން އައިސް 5ޖީގެ ޑެމޯ މިއަދު ދައްކާލައިފިއެވެ.

ޓެކްނޮލޮޖީގެ ތެރޭގައި ހިމެނޭ މޮބައިލް އިންޓަރނެޓް ކަނެކްޓިވިޓީގެ 5 ވަނަ ޖީލުގެ ޚިދުމަތް 5ޖީގެ ޑެމޯ ފުރަތަމަ ފަހަަރަށް ރާއްޖޭގައި ދައްކާލީ ދިރާގު ހެޑް އޮފީހުގައި މިއަދު ބޭއްވީ ޚާއްޞަ ޙަފުލާއެއްގައެވެ.

އިޝްތިހާރު full width ad 1200 x 150

މިމަކަށްޓަކާ ބޭއްވި ޙަފުލާފައި ދިރާގު ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިސްމާއިލް ރަޝީދު ވިދާޅުވީ އަލަށް ތަޢާރަފު ކުރާ އައު ޓެކްނޮލޮޖީ އާއި ޑިޖިޓަލް ޚިދުމަތް ރާއްޖޭގެ މާކެޓަކަށް ގެނެސްދިނުމަށް އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން އަންނަ އިރު، ރާއްޖެއަށާއި ދިވެހި މުޖްތަމައަށް ޑިޖިޓަލް މުވާސަލާތީ ޚިދުމަތުގެ ތެރެއިން އިތުރު ފާގަތިކަމާއި ކުރިއެރުން ފޯރުކޮށްދިނުމަށް ދިރާގުން ކެނޑިނޭޅި މަސައްކަތް ކުރަމުންގެންދާ ކަމަށެވެ.

ރާއްޖޭގެ އިތުރުން އޭޝިޔާ ބައްރުން 5ޖީގެ ޑެމޯ ދައްކާފައިވަނީ މެލޭޝިއާ، ސިންގަޕޫރު، ހޮންގކޮންގ އަދި އިންޑިއާ ފަދަ ޤައުމުތަކުގައެވެ.

5ޖީ ކަނެކްޓިވިޓީ އާދަޔާޚިލާފަށް ހަލުވިވާ އިރު، މިޚިދުމަތަކީ މިހާރުގެ 4ޖީ ޚިދުމަތުގެ ޑައުންލޯޑް ކުރެވޭ ސްޕީޑަށްވުރެ 10 ނުވަތަ 20 ގުނަ އަވަހަށް ޑައުންލޯޑްކުރުމުގެ ގާބިލުކަން ހުންނާނެ ޚިދުމަތެކެވެ. އަދި އަޕްލޯޑް ސްޕީޑުވެސް އަވަސްވާ އިރު، ޤުދުރަތީ ކާރިސާތައް ދިމާވާ ހާލަތްތަކުގައި ވުމާސަލާތީ ގުޅުން ދެމެހެއްޓުމަށް ފަސޭހަވެގެންދާނެއެވެ. އަދި 5ޖީ ނެޓްވޯކް ޤާއިމުވުުން މުޅިން އައު ޑިޖިޓަލް ޚިދުމަތައްތަކަށް މަގު ފަހިވެގެން ދާނެއެވެ.

5ޖީ ފޯނާއި އަދި ޑިވައިސްތައް މާކެޓްގައި މިވަގުތު ލިބެންނެތްނަމަވެސް ދުނިޔޭގެ ބޮޑެތި ޓެކް ކުންފުނިތަކުން މިހާރު ދަނީ އެފަދަ ޑިވައިސްތައް އުފެއްދުމުގެ މަސައްކަތް ފަށާ، ޓެސްޓް ކުރަން ފަށާފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.