ރަމަޟާން މަސް އަދި ނުފެށޭ. އެކަމަކު މިރުހުގެ އަގު އަތްނުފޯރާފަށަށް އަރައިފި

ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހު ޚާއްޞަގޮތެއްގައި ކާމޯ ތަކެތީގެ އަގު އުފުލިގެން ދިއުމަކީ ޢާންމު ކަމެކެވެ.

ތަފާތު އެކި ސަބަބުތަކާހެދިއެވެ. ވިއްސާރަވެ މޫސުން ގޯސްވުމުން ތަލެތި މާލެއަށް ނުގެނެވުމެވެ. ރާއްޖެއިން ބޭރަށް އޯޑަރކޮށްފައިހުރިޝިޕްމެންޓް އައުން ލަސްވުމެވެ. ނޫނީ އެފަދަ ތަކެތި ހެއްދި ދަނޑުވެރިން އުއްމީދުކުރި ކުރިދުވަހަށް އެތަކެތި ފައްކާނުވުމެވެ.

އިޝްތިހާރު Heyobas Ruqya Course Ad square

ކޮންމެ ރަމަޟާން މަހަކުވެސް ޢާންމުރައްޔިތުންނަށް ބޭނުންވާ ކާބޯތަކެތި ހެޔޮ އަގުގައި ނުވަތަ އަތްފޯރާފަށުގައި ރަމަޟާން މަސް ނިމެންދެން ހުންނާނެކަމުގެ ޔަޤީންކަން ރަމަޟާން މަސް ފެށެން ގާތްވާވަރަކަށް ރޭޑިއޯ ފޮށިތަކުންނާއި މަންޒަރުފޮށިތަކުން އިވެމުންދާނެއެވެ.

އެހެނަސް މިއީ ކޮންމެ އަހަރަކުވެސް އިވޭ އަޑެކެވެ. ޢަމަލީ އެއްވެސް ސިފައެއް މިކަމުގައި ނުފެނެއެވެ.

މިއަހަރުގެ ރަމަޟާން މަސް ފެށެން އެންމެ ދުވަހަކަށްވެފައިވާ އިރު، މިހާރު މިވަނީ މިރުހުގެ އަގު އަތްނުފޯރާފަށަށް އުފުލެން ފަށާފައެވެ. އެގޮތުން މާލޭގެ ލޯކަލް މާރުކޭޓުގައި 100 ގްރާމް މިރުސް މިހާރުހުރީ 100 ރުފިޔާއަށެވެ.

ދެން އެހެންވީ އިރު، ރަށުތެރޭގެ ނުވަތަ ކަންމަތީ ފިހާރަތަކުން މިރުސް ލިބޭނެ އަގު އަންދާޒާކޮށްލައްވާށެވެ.

މާލޭގެ ބާޒާރަށް މިރުސް އެންމެ ގިނަ ޢަދަދަކަށް އަބަދުވެސް ގެންނަ އެއްރަށް ކަމަށްވާ ކޮޅުމަޑުލު ކަނޑޫދޫ އިން ބުނީ އެރަށުގައިވެސް މިރުހުގެ އަގު 500 ރުފިޔާއިން ފެށިގެން 800 ރުފިޔާއަށް ކިލޯއަކަށް އުފުލިފައިވާ ކަމަށެވެ.

އެހެންކަމުން މިރުހުގެ އަގު މާލޭގައި އުފުލުމަކުން އަދިހާސްވާކަށް ނުޖެހޭތާއެވެ. މާލޭގައި އެތަކެތި ވިއްކާނީ ގޮޅި، ފިހާރާއިގެ ކުއްޔާއި ކަރަންޓު، ފެން ބިލާއި މުވައްޒަފުންގެ މުސާރައާއި އެތަކެތި އެތަނަށް ގެނައި ސަވާރީގެ ކުލިވެސް ލާފަތާއެވެ.

މިކަން މިހެން އޮތް އިރުވެސް، އެންމެ މޮޅު ކަމަކީ ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހަށް ކާބޯތަކެތީގެ އަގު އުފުލިގެންދާ ކަމެވެ.

ލިބޭ މުސާރައަށް ގޭކުއްޔާއި ކަރަންޓު ބިލާއި ފެންބިލު ދައްކާފައި އުނުއޮރިޔާން ކިރިޔާ ނިވާކުރެވޭ އިރު، އަނގަޔާއި އަތް ދިމާވާނީ ކިހިނެތްތޯއެވެ.

ކާބޯތަކެތީގެ އަގު އަތްފޯރާފަށަށް ގެންނާނެކަމަށް އަޑު އުފުލާ އިރު، އަބަދުވެސް މިފެންނަނީ ތަކެތީގެ އަގު އަތްނުފޯރާފަށަށް އަރާތަނެވެ.

“ޖޮވާދާ ކިޔާވޯ ނިބާނާ ޕަޅޭނގާ” އާދެ. ވަޢުދެއް ވެއްޖިއްޔާ އެ ވަޢުދެއް ފުއްދަން ޖެހޭނެއެވެ. އެކަމަކު އަޅުގަނޑުމެންނަށް ފެންނަމުން މިދަނީ ވަޢުދުވުމަށްފަހު “ވަޢުދެއް ހުވައެއް މަ ކުރިންހޭ” ބުނަމުންދާތަނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

  1. ތިޔައީ ހައްތާވެސް ސިޔާސީ އުކުޅުތައް. ވޯޓު ހޯދަން އުޅޭ އިރު، ރައްޔިތުމީހާގެ ހުރިހާ ހުވަފެނެއްގަ ކުލަ ޖައްސާނެ. ފަހުން އެ ނިމުނީ…

ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.