މުޢިއްޒު, އިބޫގެ ސެލްފީތަކުގެ ކުލަ ދުއްވާލައިފި!

މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ނިންމަވާލަްއްވަމުން އެމްޑީޕީގެ ކެނޑިޑޭޓް އަދި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ “އަޅުގަނޑު މި ކެމްޕޭންގައި ނެގި ސެލްފީގެ އަދަދަށް ވެސް އަޅުގަނޑުމެންގެ ވާދަވެރި ކެންޑިޑޭޓަށް ވޯޓު ނުލިބޭނެ. ސެލްފީގެ އަދަދަށް ވުރެ ވެސް އިރާދަ ކުރެއްވިއްޔާ މަދުވާނެ،” ކަމަށެވެ. އިބޫ ޞާލިޙު މިފަދައިން ގަދަބަސް ވިދާޅުވިއިރު މިފަދަ ބަހެއް މުޢިއްޒު ވިދާޅުވެފައެއް ނުވެއެވެ.

ibu campaign thereyn
އިބޫގެ ކެމްޕެއިންގެ ތެރެއިން

އެންމެފަހުން އިންތިޚާބުގެ ވޯޓުލާ ނިމި، ވޯޓު ގުނާ ނިމުނު އިރު މުޢިއްޒު މިވަނީ އިބޫ ނެގިހާ ސެލްފީއެއްގެ ކުލަ ދުއްވާލައި، ބޮޑު ފަރަޤަކާއި އެކު މުޢިއްޒުގެ ސައިޒު އިބޫއަށް ދައްކާލާފައެވެ. ފުރަތަމަ ބުރުގެ އެއްވަނައިގެ ގޮތުގައި މުޢިއްޒު ވަނީ ދެވަނަ ބުރަށް ގޮސްފައެވެ. ދެވަނަ ބުރަށް ދިޔަ ނަމަވެސް އިބޫއަށް ލިބުނީ މުޢިއްޒުއަށްވުރެ 15,597  ވޯޓު މަދުންނެވެ. ވަގުތު ނޫހުގެ ނަތީޖާގެ ޖުމްލަ ވޯޓަށް ބަލާއިރު މުޢިއްޒުއަށް ލިބުނީ 100,723 ވޯޓެވެ. މިއީ % 46.16 އެވެ. އިބޫއަށް ލިބުނީ 85,126 ވޯޓެވެ. މިއީ % 39.02 އެވެ.

އިޝްތިހާރު Below Header ad

އެއްވެސް ކެނޑިޑޭޓަކަށް ވަނީ ފުރަތަމަ ބުރުން އިންތިޚާބު ކާމިޔާބު ނުކުރެވިފައެވެ. އެހެންކަމުން ދެން ރައީސުލް ޖުމްހޫރިއްޔާއެއް ކަނޑައަޅާނީ އިންތިޚާބުގެ ދެވަނަބުރުގައެވެ. ޑރ.މުޢިއްޒު މިވަނީ 8 ކެންޑިޑޭޓުންނާއި ވާދަކުރައްވައި ގިނަ ޢަދަދެއްގެ ވޯޓު ހޯއްދަވާފައެވެ. މިއަދުގެ އިންތިޚާބުގެ ނަތީޖާ ދެއްކި ގޮތުން ދިވެހީން މިވަނީ އިބޫ ނޫންގޮތެއް ބޭނުންވާކަމުގައި ބުނެފައެވެ. ފުރަތަމަ ބުރުގެ ވަގުތީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން އަދި ރަސްމީކޮށް އިޢުލާނެއް ނުކުރެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.